ދެންނެވުން
ނަންބަރު: GS126/2018/IL23
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:13
ސުންގަޑި: 20 ޑިސެންބަރު 2018 11:00
ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 

މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާންގެ (ނަންބަރު GS126/2018/IL18) މައުލޫމާތުގައި މައްސަލައެއް އުޅޭތީވެ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރީމެވެ.ވީމާ މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި " ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ސިޓީއާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ސިޓީތައް ބާތިލް ކުރެވޭނެ ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބު ކެނޑުން އޮންނާނީ 20 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. އަންދާސީ ހިސާބު ކެނޑުމަށް އެހެން ފަރާތަކުން ހާޟިރުވެލައްވާ ނަމަ އެކަން އަންގައިދޭ  ލިޔުމެއް  ހުށަހަޅަންވާނެއެވެ. އަދި މީގެ ކުރިން ސެކިއުރިޓީ  ބަލަހައްޓާފައިވާ ފަރާތެއް  ކުރިމަތިލާނަމަ، ސެކިއުރިޓީ ބެލެހެއްޓި  އޮފީހުގެ ލިޔުން (  ސެކިއުރިޓީ ބެލެހެއްޓި  ގޮތުގެ ) ސިޓީއާއި އެކު ހުށަހަޅަން ވާނެއެވެ. އަދި ދަންނަވަމެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ޑިސެންބަރު 2018