މަސައްކަތް
ނަންބަރު: GS–167/IUL/2018/19
ޕަބްލިޝްކުރި ތާރީޚް: 11 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 18 ޑިސެންބަރު 2018 13:00
މަޑުއްވަރީ ސްކޫލް/ މ.މަޑުއްވަރީ
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ބޭނުންވާ ސްކޫލްގެ ބަައެއް މަރާމާތުކުރުމަށް

މަޑުއްވަރީ ސްކޫލް

މ.މަޑުއްވަރި / ދިވެހިރާއްޖެ

 ނަމްބަރ : GS–167/IUL/2018/19

އިޢުލާން

މިސްކޫލުގައި މިދަންނަވާ މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

މިސްކޫލުން ދޭމަޢުލޫމާތާ އެއްގޮތައް ތިރީގައިމިދަންނަވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮއްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

1-  ދިޔަދޮވި މަރާމާތުކުރުން

2-  ނަލަފިލާ ބަދަލުކުރުން

3-  ގޭޓު އޮޅިގަނޑު އެޅުން (3 އޮޅިގަނޑު)

4-  ގޭޓް ހެދުން (2 ގޭޓް)

5-  ފަންކާތައް ބަދަލުކުރުން

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  18ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އަށް މ.މަޑުއްވަރީސްކޫލަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 24 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހު މެންދުރު 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

           މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބާއި އަދި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުމަށް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

           މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރާތެއް ހޮވުމަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ބައިތައް ތިރީގައި މިވަނީއެވެ. ޕޮއިންޓް ދެވޭ ގޮތުގެ ތަފުސީލު ބީލަން ތައްޔާރުކޮށް ހުށަހަޅާނެ ގޮތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 7952908 ނަންބަރަށެވެ.

1- މަސައްކަތުގެ އަގަށް                              50 ޕޮއިންޓް

2- މަސައްކަތް ނިންމާނެ މުއްދަތު                       30 ޕޮއިންޓް

3- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލުކަމަށް      10 ޕޮއިންޓް

4- މިފަދަ މަސައްކަތުގެ ތަޖުރިބާ                       10 ޕޮއިންޓް

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

11‏ ޑިސެމްބަރ 2018

11 ޑިސެންބަރު 2018