ނީލަން
ނަންބަރު: (IUL)374-C/374/2018/135
ޕަބްލިޝްކުރި ތާރީޚް: 12 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:59
ސުންގަޑި: 31 ޑިސެންބަރު 2018 12:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައިސްއަލަމާރި ނީލަންކިޔުން

އިޢުލާނު

            ފ.ނިލަންދޫ ރައްޔިތުންގެ "އައްޑަނަ" ފިހާރައިގައި ބޭނުންކުރި 3 ދޮރުފަތްލީ އައިސްއަލަމާރި ސިޓީލާ ނީލަމުގައި ވިއްކާލުމަށް ބޭނުންވެއްޖެއެވެ.

1-އައިސްއަލަމާރީގެ ނީލަން ފެށޭ އަގަކީ -/18000 (އަށާރަހާސް ރުފިޔާ) އެވެ.

2- މިނީލަމުގައި   އެންމެ   ކުޑަކޮށް  އިތުރުކުރެވޭނެ   އަގަކީ ފަހަރަކު  -/500  (ފައްސަތޭކަ ރުފިޔާ)އެވެ.

          ވީމާ އައިސްއަލަމާރި ގަންނަން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ސިޓީފޮނުއްވުން އެދެމެވެ. މިނީލަމުގައި  ބައިވެރިވުމަށް  ސިޓީ ފޮނުއްވަމުން ގެންދަވާނީ  2018 ޑިސެންބަރު 13 ވަނަ ދުވަހުގެ ހެދުނު 9:00 ން ފެށިގެން 2018 ޑިސެންބަރު 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ. މި ކަމަށް އެދި ހުށަހަޅާ އެންމެ މަތީ އަގު ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި ވެއުދޮށުމައިޒާނުގައި ހުންނަ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ

       މިނީލަމުގައި ޖެހިޖެހިގެން ރަސްމީ 3 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ނީލަން ނިމުމުން ނީލަން ނިމޭތާ ލަސްވެގެން 15 ދުވަހުގެ ތެރޭގައި ދެފަރާތް އެއްބަސްވާގޮތެއްގެ މަތިން ފައިސާ ދައްކާނެގޮތެއް ހަމަޖައްސައި އައިސްއަލަމާރި ދޫކުރެވޭނެއެވެ.  

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.

4  ރަބިއުލްއާޚިރު     1440

12 ޑިސެންބަރު      2018

12 ޑިސެންބަރު 2018