ދިވެހިރާއްޖެ
ދިއްދޫ ސްކޫލް
އދ. ދިއްދޫ
ނަންބަރު: GS159/IUL/2018/22
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު
2019 ވަނަ އަހަރުގެ ދިރާސީ އަހަރަށް ތައްޔާރުވުމުގެ ގޮތުން މި ސްކޫލްގެ ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.
- ސްކޫލްގެ ހޯލު އިމާރާތުގެ ކަރަންޓު ވިއުގަ މަރާމާތުކުރުން.
- ހޯލު އިމާރާތުގައި ޕާޓިޝަން ޖެހުން.
- ސްކޫލްގެ 2 ދިދަދަނޑި މަރާމާތުކުރުން.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލްގެ ނަންބަރު 6680060 ފޯނާއި ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީ ހިސާބު ހުށަހެޅުން |
16 ޑިސެންބަރު 2018 ވާ އާދީއްތަ ދުވަހުގެ 11:00 ގައި |
19 ޑިސެންބަރު 2018 ވާ ބުދަ ދުވަހު 13:00 ގައި |