ދިވެހިރާއްޖެ
އިޢުލާން
2019ވަނަ އަހަރުގެ ދިރާސީ އާއަހަރަށް ތައްޔާރުވުމުގެ ގޮތުން މިސްކޫލްގައި ކުރަންޖެހޭ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ:
މިސްކޫލުން ދެއްވާ އިރުޝާދާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- ދަރިވަރުން ބޭނުންކުރާ ފާޚާނާ މަރާމާތު ކުރުން.
2- އިމާރާތްތަކުގެ ތެރޭގައި މައްސަލަ ޖެހިފައި ހުރި ކަރަންޓް ވައިރްތައް ރަގަޅުކޮށް، ހޮޅިބުރި އަދި ތަންމަތިތައް ބަދަލުކުރުން.
3- ސްކޫލް އިމާރާތާއި ހޯލުއިމާރާތުގެ ފުރާޅުން ފެންފައިބާ ތަންތަން ރަގަޅު ކުރުމާއި ސީލިންގ ރަގަޅު ކުރުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިދެންނެވިފައިވާ ތާރީޚްތަކުގައި މި ސްކޫލަށް ވަޑައިގެންމަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުސީލު |
ތަން |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
19 ޑިސެމްބަރ 2018 |
ބުދަ |
13:00 |
އަންދާސީހިސާބު ހުށަހެޅުން |
ވިލުފުށީ ސްކޫލުގެ އޮފީސް |
24 ޑިސެމްބަރ 2018 |
ހޯމަ |
13:00 |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި ބޭފުޅަކުވަޑައިގަންނަވާނަމަ، އެކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއްގެންނަވަންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާފަރާތްތަކަށް
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.އަދި މިކަމަށް ކުރިމަތި ލައްވާ ފަރާތްތަކަކީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ނުވަތަ އަމިއްލަ ފަރުދުންގެ
ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީ ގެންނަންވާނެއެވެ.
1440 D 4
11 ޑިސެމްބަރ 2018