ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2014/9
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:11
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އިތުރު 2 ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖެއްސުން

އިޢުލާން

މި ކޮމިޝަނުގެ ނަންބަރު ނަންބަރު: (A)CA-2013/760(15 ނޮވެމްބަރ  2013)  އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

އިތުރު 2 ވޯޓުފޮށި ބަހައްޓާގޮތަށް ހަމަޖެއްސުން

2014 ޖަނަވަރީ 18 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގައި ދިރިއުޅޭ ތ. އަތޮޅާއި، އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން ބައެއް ރަށްރަށުގެ ރައްޔިތުން ވޯޓުލުމަށްޓަކައި ބެހެއްޓުމަށް އިޢުލާން ކޮށްފައިވާ 2 ވޯޓުފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު 1250 މީހުންނަށްވުރެ އިތުރުވެފައިވާތީ، އެވޯޓުފޮށިތަކަށް ވޯޓުލުމަށް ވަޑައިގަންނަވާ ފަރާތަކަށް ފަސޭހަ ކަމާއެކު ވޯޓު ލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އިތުރު 2 ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސައިފީމެވެ. މި ގޮތުން، ވޯޓުލާ ސަރަހައްދަށް ބަދަލު ގެނެވުނު 2 ވޯޓުފޮށްޓާއި، އިތުރަށް ބެހެއްޓުމަށް ހަމަޖެއްސި 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

މާލެ،

އަމީނިއްޔާ ސްކޫލް
ލިލީމަގު 3 ނަންބަރު

ދޮރޯށިން ވަންނައިރު

ހޯލުގެ މެދުގައި

މިހާރު މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތ. ގުރައިދޫ އަދި ގާދިއްފުށި މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތ. އަތޮޅު، މާލެ-2

N02.0.1

1

މާލެ،

އަމީނިއްޔާ ސްކޫލް
ލިލީމަގު 3 ނަންބަރު

ދޮރޯށިން ވަންނައިރު

ކުލާސް ރޫމު  3Aގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ތިމަރަފުށީ ރައްޔިތުންގެ ތެރެއިން  N02.0.1މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ތ. އަތޮޅު، މާލެ-4

N02.0.2

2

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން

ވަދެގެންދާއިރު ހޯލުގެ

ހުޅަނގު ކޮޅުގައި

މިހާރު މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ ހުޅުދޫ  މި ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އައްޑޫ ސިޓީ، މާލެ-1

S01.0.1

3

މާލެ،

މަޖީދިއްޔާ ސްކޫލް
މެދުޒިޔާރަތްމަގު ދޮރޯށިން

ވަދެގެންދާއިރު 5 ނަންބަރު

ކުލާސް ރޫމު ގައި

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި އައްޑޫ ސިޓީ މީދޫ ރައްޔިތުންގެ ތެރެއިން S01.0.1 މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

އައްޑޫ ސިޓީ، މާލެ-7

S01.0.2

4

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

07‏ ރަބީޢުލްއައްވަލް 1435

08 ޖަނަވަރީ 2014