މި ޕޫލްގައި ހިމެނުމަށް ލެކްޗަރަރއިން ހޮވުމުގައި ކިޔަވާދިނުމަށް އެދޭ މާއްދާއިން ފޯސްޓްގްރެޖުއޭޝަން ހަދާފައިވާ ޑޮކްޓަރުންނާއި އެ މާއްދާއެއް ކިޔަވާދިނުމުގައި ކުރިން ހަރަކާތްތެރިވެފައިވާ ޑޮކްޓަރުންނަށް އިސްކަންދެވޭނެއެވެ. އަދި މި ޕޫލްގައި ހިމެނޭ ޑޮކްޓަރުން ވާނީ ފުލްޓައިމްކޮށް މި މާއްދާތައް ކިޔަވާދޭން ސްކޫލް އޮފް މެޑިސިންގެ ވަޒީފާއަށް ނަގާ ޑޮކްޓަރުންނާއިއެކު ސްކޫލް އޮފް މެޑިސިން އިން ބޭނުން ޖެހިއްޖެ ހިނދެއްގައި މަސައްކަތްކުރާނޭ ބައެއްކަމުގައެވެ.
ވީމާ މި މާއްދާތައް ކިޔަވައިދިނުމަށް ޝައުގުވެރިކަން ހުރި ޑޮކްޓަރުން 2018 ޑިސެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް، ކިޔަވާދިނުމަށް އެދޭ މާއްދާތައް ބަޔާންކޮށްފައިވާ ސިޓީއާއެކު ވަނަވަރު އަދި ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345137 ނަންބަރު ފޯނާއެވެ.
- ކޮންމެ ޑޮކްޓަރަކަށްވެސް ޝައުގުވެރިކަން ފާޅުކުރެވޭނީ ގިނަވެގެން 03 މާއްދާ ކިޔަވާދިނުމަށެވެ. ވީމާ، ކިޔަވާދެއްވަން ގަސްތުކުރައްވާ މާއްދާތައް އިސްކަންދެއްވާ ތަރުތީބުން ލިސްޓުކުރެއްވުން އެދެމެވެ.
|