ޢާންމު މަޢުލޫމާތު
ނަންބަރު: GS-190/2018/119
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 18 ޑިސެންބަރު 2018 10:00
ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ކުރަންޖެހޭ ބައެއް މަރާމާތު

2019 ވަނަ އަހަރަށް ކުރަންޖެހޭ ބައެއް މަރާމާތު

      މިސްކޫލުގައި 2019 ވަނަ އަހަރަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ތިރީގައި މިދަންނަވާ މަރާމާތުތައް ކޮންދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ.

  1. އޮފީސް މަރާމާތު އަދި އޮފީހުގެ ސެޓަޕް ހެދުން
  2. ސެން ކުލާސް މަރާމާތުކުރުމާއި ސެޓަޕް ހެދުން
  3. ސްކޫލް ކުލަލުން
  4. ފާހާނާ މަރާމާތުކުރުން
  5. ލައިބްރެރީ މަރާމާތުކުރުން
  6. ފެންހަންތައް މަރާމާތުކުމާއި ބަދަލުކުރުން
  7. ކަރަންޓް މަރާމާތު ކުރުން
  8. ޕާޓިޝަން މަރާމާތު ކުރުން
  9. ސޭފް ރޫމް މަރާމާތުކުރުން
  10. ކުލާސްރޫމް ތަކުގެ މޭޒާއި ބެންޗް މަރާމާތުކުރުން
  ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ދަނބިދޫ ސްކޫލް

2018 ޑިސެމްބަރ 30 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ދަނބިދޫ ސްކޫލް

 

 

   

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800740  އަށް ގުޅުއްވުން އެދެމެވެ.

                       10 ޑިސެމްބަރ 2018                                   

10 ޑިސެންބަރު 2018