މަސައްކަތް
ނަންބަރު: GS-127/2018/021
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 17 ޑިސެންބަރު 2018 10:00
މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ކުރަންޖެހޭ މަރާމާތުތަކާއި ގުޅޭ

އިޢުލާން

 

        2019 ގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށްޓަކައި ތިރީގައި މިދަންނަވާ މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

  1. ހޯލުއިމާރާތާއި އޮފީސް އިމާރާތާއި އަދި އިރުމަތީ އިމާރާތުގެ ކުކުޅުއަހި މަރާމާތު ކުރުން.
  2. ސައިންސް ލެބް މަރާމާތު ކުރުން. 
  3. އޮފީސް އިމާރާތުގެ ޕާރޓިޝަން މަރާމާތުކުރުން.
  4. ކުލާސްރޫމުގެ ވައިތަންޑު ބަދަލުކުރުން.
  5. ފެންހަން ބަހައްޓާތަނުގެ ފާރުތައް މަރާމާތު ކުރުން.
  6. މޯޓަރު ގުދަނުގެ ފެންލައިޓާއި ދޮރުފަތް މަރާމާތުކުރުން.

        މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ   2018 ޑިސެމްބަރ 17 ވާ ހޯމަދުވަހު ހެނދުނު 10:00 ގައި މިސްކޫލްގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2018 ޑިސެމްބަރ 27 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މިސްކޫލްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި އަންނަނިވި ކަންތައްތަކަށް ބެލޭނެއެވެ.

 

  1. މަސައްކަތުގެ އަގު: 65 ޕޮއިންޓް
  2. މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް
  3. މަސައްކަތު ތަޖުރިބާ: 05 ޕޮއިންޓް
  4. މިފަދަ މަސައްކަތެއް ކުރެވިދާނެކަމުގެ މާލީ ޤާބިލްކަމަށް: 05 ޕޮއިންޓް

         މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

         ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

10 ޑިސެންބަރު 2018