ކުއްޔަށް ހިފުން
ނަންބަރު: GS-88/2018/IUL/13
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 19 ޑިސެންބަރު 2018 12:00
ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސުކޫލް
ދިވެހިރާއްޖެ
2019ވަނަ އަހަރަށް މިސުކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް

މިސުކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް 2ވަނަ ފަހަރަށްކުރި އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރަން ދުރުވެފައިވަނީ އެއްފަރާތުންކަމަށްވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު 3ވަނަ ފަހަރަށް ހުޅުވާލަމެވެ.

                    ވީމާ، ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއެކު ރަނގަޅު ފެންވަރުގެ ގެއެއް (މަދުވެގެން 2 ކޮޓަރީގެ) ކުއްޔަށް ދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް ސުކޫލަށް ހާޟިރުވެ މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށައެޅުންއެދެމެވެ.

 

ތަން

ގަޑި

ތާރީހް

ތަފްސީލް

ހިރިމަރަދޫ ސުކޫލް

10:00 ހެނދުނު

19 ޑިސެމްބަރ  2018 (ބުދަ)

މައުލޫމާތު ދިނުމުގެ ބައްދަލުވުން

10:00 ހެނދުނު

25 ޑިސެމްބަރ 2018 (އަންގާރަ)

އަންދާސީ ހިސާބު ހުށައެޅުން

 

މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އަދި މައުލޫމާތު ސާފުކުރުމަށް ހާޟިރުނުވާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު އައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ މިސުކޫލްގެ ފޯން ނަންބަރ 6520536 ކަށެވެ.

               ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 ރަބީޢުލްއާޙިރް 1440

10 ޑިސެންބަރު 2018