ދިވެހިރާއްޖެ
އިޢުލާން
ނަންބަރު:MMS-A/2018/11
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބެހެއްޓިފައިވާ 30 ކޭވީއޭގެ ޔޫޕީއެސް ރީލޮކޭޓް ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް އަޅާދޭނެ ފަރާތެއް ބޭނުންވެއްޖެ
މި ސަރވިސްގައި ޤާއިމުކުރެވިފައިވާ ޕަވަރ ބެކަޕް ސިސްޓަމްގައި ބޭނުންކުރާ 30 ކޭވީއޭގެ ޔޫޕީއެސް މިހާރު ހުރި ތަނުން އެހެންތަނަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ކަރަންޓު ކޭބަލް އެޅުމަށް ބޭނުންވެއްޖެއެވެ. ވީމާ މި ސަރވިސްއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި، 16 އެމްއެމް ގެ 4 ކޯ ކަރަންޓު ކޭބަލް ފޯރުކޮށްދީ، ކޭބަލް ގެންދާނެ ޑަކްޓު އެޅުމަށްޓަކައި، އެކަށީގެންވާ ތަޖުރިބާ ހުރި އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން
މިކަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2018 ޑިސެމްބަރު 13 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:15 ގައި ހުޅުލޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
އަންދާސީހިސާބު ހުށަހެޅުމާއި ހުޅުވުން
2018 ޑިސެމްބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގައި ހުޅުލޭގައި ޤާއިމުކުރެވިފައިވާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސްގައި އަންދާސީ ހިސާބުތައް ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައި އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަށް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
08 ޑިސެމްބަރު 2018