ކުއްޔަށް ހިފުން
ނަންބަރު: GS187/IUL/2018/10
ޕަބްލިޝްކުރި ތާރީޚް: 06 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:58
ސުންގަޑި: 17 ޑިސެންބަރު 2018 10:00
އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެއްޖެ

އިޢުލާން

       3 ޑިސެމްބަރ 2018 ގައި މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެގެން ކުރެވުނު ނަންބަރ GS187/IUL/2018/08 އިޢުލާން، ކަނޑައެޅިފައިވާ އަދަދަށް މީހުން ކުރިމަތިލާފައި ނުވާތީވެ ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

            ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 10:00 އަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

         ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. 

          މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ދޭ ގަޑީގައި މައުލޫމާތު ނެގޭނީ ހާޞިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓުރީގެ އަސްލާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުވުމަށްވެސް ދެންނެވީމެވެ.

28 ރަބީޢުލް އޫލާ 1440

06 ޑިސެންބަރު 2018