ކުއްޔަށް ހިފުން
ނަންބަރު: GS71-D/IUL/2018/13
ޕަބްލިޝްކުރި ތާރީޚް: 05 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 26 ޑިސެންބަރު 2018 11:30
މަގޫދޫ ސްކޫލް/ ފ. މަގޫދޫ
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހޯދުމަށް

އިޢުލާން

 

ބީލަން ހުށަހެޅުމުގެ އުސޫލަށް އައިބަދަލާ ގުޅިގެން ކުރީގެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާނުކުރަމެވެ.

 

2 ކޮޓަރީގެ ގެއެއް ނުވަތަ 2 ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފުން

 

2019 ވަނަ އަހަރު ޖެނުއަރީ އެކަކުން ފެށިގެން ގްރައުންޑް ފުލޯގައި ހުރި 2 ކޮޓަރީގެ އެޕާޓްމެންޓެއް ނުވަތަ 2 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.

 ވީމާ، ތިރީގައި ދަންނަވާފައިވާ ޝަރުޠުތައް ފުރިހަމަވާ ގެއެއް ނުވަތަ އެޕާޓްމެންޓެއް ( ގްރައުންޑް ފުލޯގައިހުރި) ކުއްޔަށް ދޭން ގަސްދުކުރާ ފަރާތެއް ވާނަމަ، 2018 ވަނަ އަހަރުގެ ޑިސެމްބަރ 19 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ޑިސެމްބަރ 2018 ވާ ބުދަ ދުވަހު 11:30 އަށް ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭފަދަ ލިޔުމަކާއެކު ފޮނުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ދުރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، މިސްކޫލްގެ ނަމްބަރު 7952912 އާއި ގުޅުއްވުން އެދެމެވެ.

ގޭގައި / އެޕާޓްމެންޓްގައި ހުންނަންޖެހޭ ޝަރުތުތައް:

 

  1. ގެ ހުންނަންވާނީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި އިމާރާތްކުރެވިފައެވެ. މި ގޮތުން ރާނާ ދެފަރާތުން ސިމެންތިޖަހައި ކުލަލައި، މުޅިގޭގެ އެތެރޭގައި ތަށިމުށިޖަހައި ސީލިންގ ކުރެވިފައެވެ. އަދި ދޮރާއި ދޮރުފަތް ލެވި އަތްގަނޑު ތަޅުހަރުކޮށް ދޮރުފޮތި ހަރުކުރެވިފައެވެ.
  2.  5 ފޫޓަށްވުރެން އުސްމިނުގައި ގޭގެ ވަށާފާރު ރާނައި ދެފަރާތުގައި ސިމެންތިޖަހައި ދޮރާއި ދޮރުފަތްލެވި އަތްގަނޑު ތަޅުހަރުކުރެވިފައެވެ.
  3. ރަށުގެ ޕަވަރ ހައުސް އަދި ކުނިގޮނޑުފަދަ ޕޮލިއުޝަންގެ އުނދަގޫނުވާ ތަނެއްކަމުގައެވެ.
  4. ގޭގައި މަދުވެގެން ދެ ނިދާކޮޓަރި އެޓޭޗް ފާޚާނާއާއެކު ، ސިޓިންގރޫމް އަދި ބަދިގެ،  ކާގެ ހުންނަވާނެއެވެ.
  5. ސިޓިންގރޫމްގައި ކައްކާގޮތަށް ހަމަޖެހިފައިހުރި ތަނެއްކަމުގައި ނުވުން.
  6. ސިޓިންގރޫމްގައި ކުޑަވެގެން 10×12 ފޫޓު ހުރިތަނެއްކަމުގައިވުން.
  7. އެއްގޯއްޗެއްގެ ތެރޭގައި ވަކި އެޕާޓްމެންޓް ގޮތަށް އިމާރާތްކުރެވިފައިވާ ތަނެއްނަމަ، ކުއްޔަށް ދޫކުރާ ބައި ހުންނަންވާނީ މުޅިން ވަކިން ވަދެ ނިކުމެވޭގޮތަށް ވަކިކުރެވިފައެވެ. ކުއްޔަށްދޫކުރާބައިގައި ނުވަތަ އެޕާޓްމެންޓްގެ ތެރެއިން އެހެން ބައިތަކަށް ވަދެނިކުމެވޭގޮތަށް ހުރިތަނެއްކަމުގައި ނުވުން.
  8. މީހުން ދިރިއުޅޭ ސަރަހައްދާއި ވަކިން ހުރިތަނެއްކަމުގައި ނުވުން.
  9. ކުއްޔަށްދޭގެ ނުވަތަ އެޕާޓްމެންޓްގައި ދެ ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުރިކަމުގައިވިޔަސް އެކޮޓަރިތައް ވެރިފަރާތަކަށް ބޭނުމެއް ނުކުރެވޭނެއެވެ.  
  10. ގޭގެ ކަރަންޓާއި ފެން ހުންނަން ވާނީ ވަކިން ބިލް ކުރެވޭގޮތަށް ވަކި ކުރެވިފައެވެ.
  11. ގޭގެ ސެކިއުރިޓީ ހުންނަންވާނީ ވަރަށް ރަނގަޅު ފެންވަރެއްގައެވެ.

 

ގެއިން ދޭންޖެހޭ ޚިދުމަތްތައް

 

  1. ގެއިން އިތުރު އަގަކާއި ނުލައި ތިރީގައިމިވާ ޚިދުމަތް ފޯރުކޮށްދޭންވާނެއެވެ. މި ޚިދުމަތްތައް ދިނުމަށް އެއްބަސްނުވާ ފަރާތެއްގެ ގެ ކުއްޔަށް ހިފާގޮތަށް ހަމަޖެހިފައެއްނުވެއެވެ.

12.1    ތަކެތި ދިނުމުން ގޭގައި އުޅޭބަޔަކަށް ކައްކާ ކާންތައްޔާރުކޮށްދިނުން.

12.2    އަންނައުނު އަދި ބެޑްޝީޓް ބާލިސް ފަދަ ތަކެތި ދޮވެ އިސްތިރިކޮށްދިނުން.

12.3    ހަޑިވިޔަ ނުދީ މުޅި ގެއާއި ގޯތިތެރެއާއި މަގުމަތި އަދި ފާޚާނާތައް ސާފުކުރުމާއި އުފެދޭ ކުނި ނައްތާލުން.

ގޭގައި ހުންނަންޖެހޭ ތަކެތި:

  1. ގޭގެ ސިޓިންގރޫމްގައި ތިރީގައި މިދަންނަވާ ފަރުނީޗަރާއި ތަކެތި ހުންނަންވާނެއެވެ.

13.1    މަދުވެގެން 6 މީހުނަށް އިށީނދެވޭ ވަރުގެ ސޯފާސެޓެއް ( ކުޑަމޭޒަކާއިއެކު)

13.2    ޓީވީ ( ކުޑަވެގެން 21 އިންޗީގެ )

13.3    ފަންކާ

13.4    އެކަށީގެންވާ މިންވަރަށް ލައިޓް

13.5    ފައިވާން ބަހައްޓާ ހަރުގަނޑު

  1. ގޭގައި ހިމެނޭ ނިދާކޮޓަރިތަކުގައި ތިރީގައިމިދަންނަވާ ފަރުނީޗަރާއި ތަކެތި ހަމައަށް ހުންނަންވާނެއެވެ.

14.1    ޑަބަލް އެނދެއް ، ރަނގަޅު ފެންވަރުގެ ގޮދަނޑިއަކާއި އަދި މަދުވެގެން 2 ބާލިހާއެކު

14.2    ކުޑަވެގެން ދެ ދޮރުފަތްލީ އަލަމާރިއެއް ( ކޮނޑުއަޅުވާބައި ހިމެނޭގޮތަށް)

14.3    ޑްރެސިންގ ޓޭބަލެއް

14.4    މަދުވެގެން 2 ބެޑްޝީޓާއި އަދި 4 ބާލިސް އުރަ ( ދެ ސެޓް) އަދި 1 ރަޖާ

14.5    ފަންކާ / އޭސީ އަދި އެކަށީގެންވާ ޢަދަދަކަށް ލައިޓް

14.6     ޑަސްބިނެއް

  1. ގޭގެ ފާޚާނާތަކުގައި ތިރީގައި މިދަންނަވާތަކެތި ހުންނަންވާނެއެވެ.

15.1    ހެޑްޝަވަރު ނުވަތަ ހޭންޑް ޝަވަރު ( ފެންވެރުމަށް ބޭނުންކުރާ)

15.2    ފާވަސް ނުދުވާ ފެންވަރަށް ބޭނުންކުރާ ފެން

15.3    އުސް ފާޚާނާ ތަށި

15.4    ފާޚާނާ ސާފުކުރާ ބުރުސް

15.5    ތަޅުންގަނޑު އުނގުޅާ ބުރުސް ( ޑެގްބުރުސް)

15.6    މޫނު ދޮންނަތަށި، ސައިބޯނި، ސޭމްޕޫ، ދަތް އުނގުޅާ ބުރުސް ފަދަ ތަކެތި ބެހެއްޓޭނެ އިންތިޒާމާއެކު މޫނުބަލާ ލޯގަނޑެއް

15.7    މުސްލިމް ސަވަރު

15.8    ތުވާލި އަޅުވާ ހަރު

15.9    އެކަށީގެންވާ ޢަދަދަށް ލައިޓް

  1. 16.  ގޭގެ ބަދިގެއާއި ކާބައިގައި ތިރީގައި މިވާ ތަކެތި ހުންނަންވާނެއެވެ.

16.1    ދަތިނުވެ މަދުވެގެން 6 މީހަކަށް ، ކައިބޮއި އުޅެވޭގޮތަށް ޑައިނިންގ ސެޓެއް

16.2    ކަބަޑު ސެޓް ( ސިންކު ހަރުކުރެވިފައި)

16.3    އައިސްއަލަމާރި

16.4    މިކްސަރު

16.5    ދަތިނުވެ މަދުވެގެން 6 މީހަކަށް ކައިބޮއި އުޅުމަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނު ( މުށިތަށި، ތެލި، އޫ، ސަމްސާ، ވަޅި، ޖަގު، ހުނިގޮނޑި ފަދަ ތަކެތި )

16.6    ގޭސް އުނދުން ( ގޭސްފުޅިއާއެކު – ރަށުން ގޭސް އެޅެންހުންނަ ބްރޭންޑްގެ ހުސްފުޅި )

16.7    ޑަސްބިން

16.8    ފަންކާ އަދި އެކަށީގެންވާ ޢަދަދަށް ލައިޓް

  1. 17.  ދޮވެ އިސްތިރި ކުރުމުގައި ބޭނުންކުރާ ތިރީގައި މިދަންނަވާ ތަކެތި ގޭގައި ހަމަޔަށް ހުންނަންވާނެއެވެ.

17.1    ދޮންނަ މެޝިން ( ފުލް އޮޓޮމެޓިކް / ސެމީ އޮޓޮމެޓިކް)

17.2    ކަރަންޓް އިސްތިރިއެއް

17.3    އިސްތިރިކުރާ މޭޒް

  1. 18.  ގެއާއި ގޯތިތެރެ ސާފުކުރުމަށް ބޭނުންވާތަކެތި ހަމައަށް ހުންނަންވާނެއެވެ.

18.1    ގެއާއި ގޯތިތެރެ ސާފުކުރުމުގައި ބޭނުންކުރާ އިލޮށިފަތި، ކުނިކަހާ ފިހިގަނޑު، މޮޕް މޮޕްލުމަށް ބޭނުންކުރާ ބާލިދީ ފަދަ ތަކެތި ގޭގައި ހަމައަށް ހުރުން

އެސްޓިމޭޓް ހުށައެޅުން:

  • ހުށައަޅާ އެސްޓިމޭޓްގައި މަތީގައިވާ ޝަރުތުތައް ފުރިހަމަނުވާނަމަ އެސްޓިމޭޓް ބާތިލްކުރެވޭނެއެވެ.
  • އެސްޓިމޭޓް ހުށައެޅުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ ގޭގެ ވެރިފަރާތުގެ ސިޓީއެއް ހުށައަޅަންވާނެއެވެ. އަދި އެސްޓިމޭޓް ހުށައެޅުމަށް ހާޟިރުވި ފަރާތްތަކުގެ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ.
  • އެސްޓިމޭޓްތައް ހުށައަޅާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމަކުންނެވެ. އެނޫން ގޮތްގޮތަށް ހުށައަޅާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ. އަދި އެސްޓިމޭޓް ހުށައަޅާ ފޯމާއެކު ތިރީގައިމިވާ ތަކެތި ހުށައަޅަންވާނެއެވެ.

 

 

އެސްޓިމޭޓާއެކު ހުށައަޅަންޖެހޭ ތަކެތި:

  • ބީލަން ހުށަހަޅާ ފޯމް
  • ކުންފުނި/ ޕާޓްނަރޝިޕް/ ކޯޕަރޭޓިވް ސޮސައިޓީ/ އަމިއްލަފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރީގެ ކޮޕީ ، ގޭރެޖިސްޓްރީގެ ކޮޕީ
  • ހުށަހަޅާ އެސްޓިމޭޓް (ކޯޓޭޝަން / ބީ.އޯ.ކިޔު)
  • ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • ހުށަހަޅާ އެސްޓިމޭޓް ( ކޯޓޭޝަން / ބީ.އޯ.ކިޔު)
  • ހުށަހަޅާ ފަރާތުގެ ޕްރޮފައިލް
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ (ޖީ.އެސް.ޓީއަށް ރެޖިސްޓްރީ ކޮށްފައިވާނަމަ)
  • ބީލަމުގައި ސޮއިކުރުމުގެ ހުއްދަލިޔުން (ޕަވަރ އޮފް އެޓާނީ )
  • މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ޓެކްސް ކްލިއަރެންސް ރިޕޯޓްގެ ކޮޕީ (ދޫކުރިފަހުން ތިންމަސް ހަމަނުވާ)  
05 ޑިސެންބަރު 2018