ދެންނެވުން
ނަންބަރު: IL-BPS/2018/81
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 30 ޑިސެންބަރު 2018 00:00
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ (ޕީކް ސީޒަން)

ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެގޮތުން، ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު މި އޮތޯރިޓީއިން ކުރަމުންގެންދާ "ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސާވޭ" މި އަހަރު ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ޑިސެމްބަރު 24އިން 30އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި، މި އޮތޯރިޓީގެ ފަރާތުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި ނެގޭ މަޢުލޫމާތުތަކުގެ ތެރޭގައި ދަތުރުގެ މައިގަނޑު މަޤްޞަދު، ދަތުރު ކުރި ޤައުމު، ޓިކެޓުގެ ޚަރަދު، ހުރުމުގެ ޚަރަދު، ބޭސް ފަރުވާއަށް ކުރެވުނު ޚަރަދުގެ އިތުރުން ޖުމުލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ޚަރަދުގެ މަޢުލޫމާތު ހިމެނޭނެއެވެ. ނަމަވެސް ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މަޢުލޫމާތެއް މި ސާވޭގައި އެކެއްނުކުރެވޭނެއެވެ. އަދި އެއްކުރެވޭ ހުރިހާ މަޢުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަޤީންކަން މި އޮތޯރިޓީން އަރުވަމެވެ.

ސާވޭ ކުރެވޭ މުއްދަތުގައި، އެމްއެމްއޭގެ ޓީމްތައްް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އެރައިވަލް ހޯލުގައި ސާވޭއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގައި ހަރަކާތްތެރިވާނެއެވެ. ވީމާ، މި މުއްދަތުގައި ރާއްޖެއަށް އެނބުރި ވަޑައިގަންނަވާ އެންމެހާ ދިވެހީންގެ ފުރިހަމަ އެއްބާރުލުން މި ސާވޭއަށް ދެއްވުން އެދި އިޚްލާސްތެރިކަމާއި އެކު ދެންނެވީމެވެ.

03 ޑިސެންބަރު 2018