ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ފީއަލީ، ނަންބަރު: (IUL)370-ESMS SC/370/2018/26
ދިވެހިރާއްޖެ.
އިޢުލާން
ގޯތީގެ ރަޖިސްޓްރީ ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ މައްސަލަ ކޯޓް މަރުހަލާއިން ނިމި ހުކުމް ކުރާ ތާރިޙުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި ރަޖިސްޓްރީއަށް އަންނަ ބަދަލު އިސްލާހު ކުރުމަށްޓަކައި ހުށަހަޅާ މުއްދަތާއި ގުޅޭ.
ގޯތި ގެދޮރާއި ގުޅޭގޮތުން ކޯޓް މަރުހަލާއިން ނިންމާ ހުކުމާއި ގުޅިގެން ގޯތިތަކަށް ހައްދައިދީފައިވާ ގޯތީގެ ރަޖިސްޓްރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ މަޢުލޫމާތުތަކަށް އަންނަ ބަދަލުތައް އިސްލާހުކުރުމަށްޓަކައި ގޯތީގެ ވެރިފަރާތުން މި އިދާރާއަށް ހުށަހަޅާ މުއްދަތު ލަސްވުމާއި ގުޅިގެން މިއިދާރާއިން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތުތައް ފުރިހަމަ ކުރުމަށްޓަކައި އުނދަގޫތަކެއް ކުރިމަތިވަމުން ދާވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، ދަންނަވަމެވެ. ފީޢަލީ ކައުންސިލްގެ 03 ވަނަ ދައުރުގެ 34 ވަނަ ޢާންމު ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ ، ގޯތި ގެދޮރާއި ގުޅޭގޮތުން ކޯޓް މަރުހަލާއިން ނިންމާ ހުކުމާއި ގުޅިގެން ގޯތިތަކަށް ހައްދައިދީފައިވާ ގޯތީގެ ރަޖިސްޓްރީއާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީގެ މަޢުލޫމާތުތަކަށް އަންނަ ބަދަލުތައް އިސްލާހުކުރުމަށްޓަކައި ގޯތީގެ ވެރިފަރާތުން ހުކުމް ކުރާ ތާރިޙުން ފެށިގެން 01 ( އެކެއް ) މަސް ދުވަހުގެ ތެރޭގައި މިއިދާރާއަށް ހުށަހެޅުމަށެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
20 C1440
28 ނޮވެމްބަރ 2018
މޫސާ އަޙްމަދު
ކައުންސިލްގެ ނައިބް ރައީސް