ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-CAFA/248/2018/96
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:36
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކުރުން

                                             ނަންބަރު  (IUL)248-CAFA/248/2018/96                     

އިޢުލާން

 

ރައްޔިތުންގެ ރުއްތައް ކުއްޔަށް ދޫކުރުން

     

              މިރަށު ދެކުނު ފަރާތު އަތިރިމަތީގައި ހުރި ރައްޔިތުންގެ ރުއްތަކާއި އައިސްޕުލާންޓް ގޯތީގެ ހުޅަނގުން އޮތް ބިމުގައި ހުރި ރައްޔިތުންގެ ރުއްތައް ސިޓީލާ ނީލަމުގައި 2 އަހަރު ދުވަހަށް ވަރުވާއަށް ލިޔެދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެރުތަކުގެ 1 ( އެކެއް ) އަހަރު ދުވަހުގެ ވަރުވާ ފެށޭ އަގަކީ 3500.00 ރ ( ތިންހާސް ފައްސަތޭކަ ރުފިޔާ/-) އެވެ. ހުށަހަޅާފައިވާ އަގަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން 100.00 ރ ( އެއްސަތޭކަ ރުފިޔާ/- ) އެވެ. ބަންދު ދުވަސްތައް ނުހިމަނާ ޖެހިޖެހިގެން 2 ދުވަހު 13.45 ހިނގާއިރު ( މެންދުރު ފަހު 13.45 ވާއިރު) އެއްއަގެއް އޮވެއްޖެނަމަ ، އެއަގު ހުށައެޅުއްވި ފަރާތަކަށް ރުއްތައް ވަރުވާއަށް ލިޔެދެވޭނެއެވެ. އެވަގުތަކު ހުށައެޅިފައިވާ އަގު މިއިދާރާގެ ގޯތީގެ ހުޅަނގު އިންފާރުގައި ހުންނަ ނޯޓިސްބޯޑްގައި ބަހައްޓާފައި ހުންނާނެއެވެ.  

              އަދިދަންނަވަމެވެ. މިފަހަރު ރުއްތައް ވަރުވާ ކާމިޔާބު ކުރާފަރާތަކުން ރުއްތަކާއި ޙަވާލުނުވެ ދޫކޮށްލަން ބޭނުންވި ނަމަވެސް އެފަރާތަކުން ވަރުވާ ކާމިޔާބުކުރާ އަގުގެ ދެ މަސްދުވަހަށް ޖެހޭފައިސާ މިއިދާރާއަށް ދައްކަންޖެހޭނެ އެވެ.      

              މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

              26 ރަބީއުލްޢައްވަލް 1440

              04 ޑިސެމްބަރ   2018      

04 ޑިސެންބަރު 2018