ދިވެހިރާއްޖެ
c
ANGOLHITHEEM SCHOOL އަނގޮޅިތީމް ސްކޫލް
ރ.އަނގޮޅިތީމް R.Angolhitheem ދިވެހިރާއްޖެ Republic of Maldives
ނަމްބަރ:GS125/IUL/2018/14
އިޢުލާން
ސްކޫލުގެ އިސްވެރިޔާ ހުރުމަށް ގެއެއް (އެޕާޓްމެންޓެއް) ކުއްޔަހިފުމަށް ބޭނުންވެއްޖެ
މިސުކޫލުގެ އިސްވެރިޔާ (ޕްރިންސިޕަލް) ހުންނެވުމަށްޓަކައި ގެއެއް ކުއްޔަ ހިފުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، ގެ ކުއްޔަށް ދޫކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތުއަރުވަމެވެ.
- މަޢުލޫމާތު ދިނުން:
މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 16 ޑިސެންބަރ 2018 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އިން 11:10 ދެމެދު ސްކޫލު އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.
- އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:
ގެ ކުއްޔަދޫކުރައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 20ޑިސެންބަރ 2018ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލް އޮފީހުގައެވެ.
ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެކަންއެގޭނެ ސިޓީއެއްގެންނަންވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އިޢްލާންކުރީމެވެ.
26 ރަބިޢުލްއައްވަލް 1440
04 ޑިސެންބަރ 2018