ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415/415/2018/73
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 13 ޑިސެންބަރު 2018 14:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮކިއުމެންޓް އޮފިސަރ

އިޢުލާން

 

                  ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ. މިއީ ސިވިލްސާރިވިސްގެ ވަޒީފާއެއް ނޫނެވެ.

                 

ވަޒީފާގެ ފުރުޞަތު

 

މަޤާމު:

އެސިސްޓެންޓް ޕްރޮކިއުމެންޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

ރޭންކް:

ޖީ.އެސް 3 

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (01 އަހަރު)

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

މުސާރަ:

4465.00 ރުފިޔާ

މަޤާމް އޮތް އޮފީސް:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ސޯޝަލް ސާރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ،   ގދ. ތިނަދޫ

މަޤާމުގެ ޝަރުތު:

1-     އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ ބިޒްނަސް މެނޭޖްމަންޓް / ބިޒްނަސް އެޑްމިނިސްޓްރޭޝަން އިންފޮމޭޝަން ޓެކްނޮލޮޖީ/ހިޔުމަން ރިސޯސް މެނޭޖްމަންޓު/ ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-     ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން " ޑީ " ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގެ އިމްތިޙާނުގައި ' ދިވެހި ' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

  1. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ "ބޮލި" އެޕްލިކޭޝަން އަދި ބިޒިނަސް ޕޯޓަލް މެދުވެރިކޮށް ވިޔަފާރި ރަޖިސްޓްރޭޝަންއާއި ބެހޭ އެންމެހާ ޚިދުމަތްތައް ދިނުމާއި ރެކޯޑް ބެލެހެއްޓުން
  2. ކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ އެންމެހާ ބިންބިމާއި ޢިމާރާތްތަކާއި ތަކެތީގެ ތެރެއިން ދުވަހު ކުއްޔަށް އަދި ހިލޭ ދޫކުރާ ތަކެއްޗާއި ޢިމާރާތްތަކާއި ބިން ކުއްޔަށް ދޫކޮށް ކަމާބެހޭ ރެކޯރޑްތައް ބެލެހެއްޓުމާއި ރިޕޯޓްކުރުން. ކައުންސިލުން ހިލޭ ދޫކުރަން ކަނޑައަޅާފައިވާ އެންމެހާ ބިންބިމާއި ޢިމާރާތްތަކާއި ތަކެއްޗާއި މުދާ ޤަވާޢިދުން ދޫކޮށް  ރެކޯރޑްތައް ބަލަހައްޓައި ރިޕޯޓްކުރުން.
  3. އިދާރާގެ އަންދާސީ ޙިސާބު ބަލާކޮމެޓީގެ އިދާރީ އެންމެހާ ކަންތައްތައް ބެލެހެއްޓުމާއެކު، ސެކްޝަނުގެ ވެރިޔާގެ އިރުޝާދާއި އެއްގޮތަށް އަންދާސީ ޙިސާބު ބަލާ ކޮމެޓީގެ ބައްދަލުވުންތައް އިންތިޒާމުކޮށް ބެލެހެއްޓުން.
  4. އެޗް ޑީ އެފް ސީ އަދި އެހެނިހެން ބޭންކްތައް މެދުވެރިކޮށް ދޫކޮށްފައިވާ ހައުސިންގ ލޯނުތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން.
  5. މަސްވެރި ލައިސަންސް ހަދައިދިނުމާއި ރެކޯޑް ބެލެހެއްޓުމާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މަސައްކަތްތަކުގެ ތެރެއިން ކައުންސިލާއި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި ޕެސްޓް ކަންޓްރޯލް ކުރުމާއި ވެކްޓަރ ކަންޓްރޯލްކުރުމާއި ޑިސީސް ސަރވައިލަންސް އަދި ވެކްސިނޭޝަނާއި ނިއުޓްރިޝަނާއި ބެހޭ އެންމެހާ ކަންތައްތައް ދައުލަތުގެ ކަމާއިބެހޭ މުވައްސަސާތައް މެދުވެރިކޮށް ކުރުމާއި މޮނިޓަރކޮށް ބެލެހެއްޓުމާއި ރިޕޯޓްތައް ތައްޔާރުކުރުން.
  6. ރަށުގެ އިޤްތިޞާދު ކުރިއަރުވަން ހުރި ފުރުޞަތުތައް ހޯދައި ބަލައި، އެ ފުރުޞަތުތައް ރަށުގެ އެކި ފަންތީގެ ވިޔަފާރިތަކަށް ހޯދައިދޭން މަސައްކަތްކުރުމާއެކު އިޤްތިޞާދު ފުޅާކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން މަސައްކަތްކުރުމާއެކު، ކައުންސިލަށް އާމަދަނީ ލިބޭ ގޮތަށް ހިންގާ އެންމެހާ ޙަރަކާތްތައް ހިންގުމާއި ކައުންސިލުން ވިއްކާ ތަކެތި ވިއްކުމާއި އިޝްތިހާރުކުރުމާއި ތަކެތި ވިއްކުމަށް ހަދަންޖެހޭ ސެޓްފިކެޓްތައް ހަދައި ދޫކުރުމާއި ބެހޭ އެންމެހާ މަސައްކަތްތައް.
  7. ކައުންސިލްގެ އިދާރާއިން  ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތައްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުމާއި  މުވައްޒަފަކު ޗުއްޓީ ނެގުމުން އެމުވައްޒަފުގެ މަސައްކަތުގެ ތެރެއިން ޒިންމާދާރުވެރިޔާ ޙަވާލުކުރާ މަސައްކަތްތައް ކުރުމާއި ކައުންސިލްގެ އިދާރާގެ އަހަރީ މަސައްކަތު ތާވަލުގައި ތިޔަ މުވައްޒަފާއި ޒިންމާކުރުވާފައިވާ ޕްރޮގްރާމްތައް ކާމިޔާބު ކުރުމަށްޓަކައި ހިންގަން ހަމަޖައްސާ ޙަރަކާތްތައް ހިންގުމާއި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުމަށް މަސައްކަތްކުރުން.

އެހެނިހެން އިނާޔަތްތައް:

ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

ލިބިފައިވާ ތަޢުލީމާއި ތަމްރީން

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

ޤާބިލުކަން ދެނެގަތުމަށް ކުރާ އިންޓަވިއު، ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލް އިމްތިޙާނު.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ދިވެހިސިވިލްސާރވިސްގެ ޤާނޫނާއި ޤަވާޢިދު އަދި މާލިއްޔަތާއި ބެހޭ ޤަވާޢިދާއި، ތިނަދޫކައުންސިލުން އެކަށައަޅާފައިވާ ރަށްވެހިކަމުގެ ޤަވާޢިދުތަކަށް އަހުލުވެރި މިންވަރު.

އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު

މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ފުރިހަމަވާ ފަރާތްތަކާއި އެކު ބާއްވާ އިންޓަވިއު 13 ޑިސެމްބަރު 2018 އާއި 30 ޑިސެމްބަރު 2018 އާއި ދޭތެރޭގެ ތާރީޚެއްގައި ތިނަދޫ ކައުންސިލްގެ އިދާރާ ގައި އޮންނާނެއެވެ. ވުމާއި އެކު މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުން އިންޓަވިއު އަށް ހާޟިރުވެ ވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

އިންޓަވިއު އަށް ޙާޟިރުވާ އިރު 5 ސްލައިޑަށްވުރެ އިތުރު ނުވާގޮތަށް، އެމީހެއްގެ ޕާރސަނަލް ޕްރޮފައިލާއި ބެހޭގޮތުން  ތައްޔާރުކޮށްފައިވާ ޕްރެސެންޓޭޝަނުގެ ހާޑްކޮޕީއެއް ހުށަހަޅަންވާނެއެވެ. ޕްރެސެންޓޭޝަން ހުށަހެޅުމަށް ޖުމްލަ 7 މިނެޓުގެ ވަގުތު ދެވޭނެއެވެ. ޕްރެސެންޓޭޝަން އޮންނާނީ އިންޓަރވިއއާއި އެކުގައެވެ.

ޕްރެކްޓިކަލް އިމްތިޙާނު އޮންނާނީ އިންޓަވިއު އޮންނަ ދުވަހު އިންޓަވިއުއަށް ފަހުގައެވެ.

ޕްރެކްޓިކަލް އިމްތިޙާނު ހަދާނީ ކޮމްޕިއުޓަރުންނެވެ. ޕްރކްޓިކަލް އިމްތިޙާނަށް ޖުމްލަ 30 މިނެޓުގެ ވަގުތު ދެވޭނެއެވެ.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2-   ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކުރެވިފައިވާ )

3-       ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް .

4-       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5-       ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ނުވަތަ ސީވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމް ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް  13 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ އަށް ހުށަހެޅުއްވުން އެދެމެވެ.

ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މައުލޫމާތެއް ސާފްކުރައްވުމަށް ގުޅުއްވާނީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާގެ 6842596 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ ( ނަންބަރ: 6841018 ) އެވެ.

         

 

02 ޑިސެންބަރު 2018