ކުއްޔަށް ހިފުން
ނަންބަރު: GS153/IUL/2018/25
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 12 ޑިސެންބަރު 2018 10:40
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
އދ. ހަންޏާމީދޫ ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމާއި ބެހޭ

2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށްހިފުމަށްކުރި ނަންބަރު GS153/IUL/2018/24 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެފައިވަނީ އެންމެފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ. މިގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވިފައިހުރި ފަރުނީޗަރާއެކު މަދުވެގެން 2 ކޮޓަރިއާއި ސިޓިންގރޫމަކާއި ކައްކައި ކެއުމަށް ބޭނުންކުރާ ސާމާނާއެކު ބަދިގެބަޔަކާއި ކާބައެއް ހިމެނޭ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.

            ވީމާ، ގެ ނުވަތަ އެޕާޓްމަންޓު ކުއްޔަށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް، ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށްދޭން ބޭނުންވާ އަގު ބަޔާންކޮށް، ގޭގެ ކުރެހުމަކާއެކު، މި ސްކޫލަށް ސިޓީ ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވެވޭ ފަރާތްތަކަށް ބަދަލުގައި އެހެންފަރާތެއް (ދެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕިއާއެކު) ފޮނުވިދާނެއެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް

އަންދާސީހިސާބު ހުށަހެޅުއްވުމަށް

2018 ޑިސެންބަރު 12 ވާ ބުދަ ދުވަހު 10:40 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

2018 ޑިސެންބަރު 16 ވާ އާދީއްތަ ދުވަހު 10:40 އަށް ހަންޏާމީދޫ ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

 

            މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ރަސްމީގަޑީގައި 6680837 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

 

          25  ރަބީޢުލްއައްވަލް  1440

03 ޑިސެންބަރު 2018