ދިވެހިރާއްޖެ
c
މުލަކު ސްކޫލް
މ.މުލައް
އިޢުލާން
ތާރީޚް: 03 ޑިސެމްބަރ 2018 ނަންބަރު:GS166/IUL/2018/014
2019 ވަނަ އަހަރު މިސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 12 ޑިސެމްބަރ 2018 ވާ ބުދަދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ޑިސެމްބަރ 2018 ވާ އަންގާރަދުވަހުގެ 11:00 އަށް ބިޑްހުށަހެޅުއްވުމަށް މިސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑްތަކާއި އަދި ކަނޑައެޅިފައިވާ ގަޑީގެފަހުން ބިޑްހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިކަމަށްއެދި ބިޑްހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
25 ރަބީޢުލްއައްވަލް 1440ހ
03 ޑިސެމްބަރ 2018މ
ޠާހާ މުޙައްމަދު
ޕްރިންސިޕަލް