ދިވެހިރާއްޖެ
* ބީލަން ހުށަހެޅުމުގެ ދައުވަތު:
ކުޑަހުވަދޫ ކުނިކޮށީގައި މެޝިން ހައުސްއެއް ރޭނުމުގެ އަދި އޮފީސްބައެއް ހެދުމާއި ފާހާނާ ޖަންގުޝަންބެހެއްޓުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތެއް ހޯދަން ކުރެވުނު ނަމްބަރު B-381/I-2018/52 އިއުލާނާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ،
އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން މި މަސައްކަތް ކުރުމަށް އިޢުލާން ކުރީމެވެ. އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- މަޢުލޫމާތު ސާފުކުރުން:
- މަސައްކަތާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބިޑްފޮތް 2018 ޑިސެމްބަރ 03 ވަނަ ދުވަހުން ފެށިގެން 2018 ޑިސެމްބަރ 12 ވަނަދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ.
- ބީލަން ކަރުދާހެއްގެ އަގަކީ 150.00ރ އެވެ.
- ބީލަމާއި ގުޅޭ ޕްރީބިޑް މީޓިން އޮންނާނީ 2018 ޑިސެމްބަރ 17 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމު 1 ގައެވެ.
- ބިޑްހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ޑިސެމްބަރ 23 ވަނަ ދުވަހުގެ 12:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާރޫމް 1 ގައި މިމަސައްކަތަށް ބިޑްހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޟިރުގައެވެ.
- ބިޑްނުނަގާ ފަރާތެއްގެ ނަމުގައި ބިޑްހުށައެއް ނޭޅޭނެއެވެ.
- މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާޠިލްކުރުމުގެ އިޙްތިޔާރު އިވެލުއޭޝަން ކޮމެޓީއަށް ލިބިގެންވެއެވެ.
2018 ޑިސެމްބަރ 03