ދިވެހިރާއްޖެ
c
ނޫމަރާ ސްކޫލް
އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާއީ ހަމަޖެހުން |
ނޫމަރާ، ދިވެހިރާއްޖެ
ނަންބަރު: GS102/IUL/2018/33
އިޢުލާނު
2019ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ހިފަން ބޭނުންވެއްޖެއެވެ.
މިސްކޫލްގެ އިސްވެރިޔާ 2019 ވަނަ އަހަރު ހުންނަވާނެ ގެއެއް ( ނޮޅާ ސާފުކުރުމާއެކު ) ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށްބޭނުންވާތީ އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ. ކުއްޔަށްދޭ ތަނުގައި ތިރީގައިވާ ޝަރުތުތައް ހުންނަންވާނެއެވެ.
1. 1 ނުވަތަ 2 ކޮޓަރި ( އެޓޭޗް ފާހާނައާއެކު ފެންވައިރުކޮށް ކޮޓަރި އޭސީ ކޮށްފައި )
2. 1 ސިޓިންގ ރޫމް ( އިސްތިރި، ޓީވީ ބެލޭގޮތައް ޓީވީ، ސީޑީ ޕްލޭޔަރ ، ކޭބަލްޓީވީ އެޅިފައި )
3. 1 ބަދިގެ ( ކައްކާނެ އުނދުން(ގޭސް)، ރައިސްކުކަރ، ތެލި މިނޫންވެސް ހިފާގެންގުޅޭ ތަކެއްޗާއެކު )
4. 1 ކާގެ ( ކާމޭޒާއި ގޮނޑިއާއިއެކު، ސީލިންގކޮށް ފަންކާ ހަރުކުރެވިފައި )
5. 1 ދޮންނަމެޝިން ( މީޑިއަމް )
6. 1 ފްރިޖް ( މީޑިއަމް )
7. ސާފުބޯފެން ލިބޭނެ އިންތިޒާމް ޤާއިމް ކުރެވިފައިހުރުން.
މަޢުލޫމާތު ދިނުމުގެ ސެސަން |
އަންދާޒީ ހިސާބު ހުށަހެޅުމާއި ކެނޑުން |
06 ޑިސެމްބަރ 2018 ހެނދުނު 10:30 |
13 ޑިސެމްބަރ 2018 މެންދުރުފަހު 13:00 |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި '' ނޫމަރާ ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ދިނުމަށްއެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގައި އިޢުލާނުކުރީމެވެ.
20 ރަބީޢުލްއައްވަލް 1440
28 ނޮވެމްބަރ 2018