ޢާންމު މަޢުލޫމާތު
ނަންބަރު: GS-172/IUL/2018/12
ޕަބްލިޝްކުރި ތާރީޚް: 03 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 17 ޑިސެންބަރު 2018 11:00
ރިނބުދޫ ސްކޫލް
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއިގުޅޭ

ރިނބުދޫ ސްކޫލް

ދ. ރިނބުދޫ

ދިވެހިރާއްޖެ

އިޢުލާން

                                                  ނަމްބަރު: GS-172/IUL/2018/12

 

ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާއިގުޅޭ

 

ސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުން

           2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ހޯދުމަށް ކުރެވުނު ނަމްބަރު: GS-172/IUL/2018/09 (27 ނޮވެމްބަރ 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާންކުރަމެވެ.

          ވީމާ، ގެ ކުއްޔަދިނުމަށް އެދޭ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

05 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 11:00 ގައި.

17 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ސިޓީއަކާއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބާޠިލު ކުރެވޭނެކަމުގައިވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7952917 ނަންބަރު ފޯނާއެވެ.

 

25 ރަބީޢުލްއައްވަލް 1440

03 ޑިސެމްބަރ 2018

03 ޑިސެންބަރު 2018