ދިވެހިރާއްޖެ
ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
01 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކަށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.
އައިޓަމް / ތަފްސީލު |
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރެއްވުން |
13 ޑިސެމްބަރ 2018 |
ބުރާސްފަތި |
11:00 |
ތ.އ.ތ މަރުކަޒު |
އަންދާސީ ހިސާބު ހުށައެޅުއްވުން |
25 ޑިސެމްބަރ 2018 |
އަންގާރަ |
13:00 |
ތ.އ.ތ މަރުކަޒު |
އަންދާސީ ހިސާބު ހުށައަޅާ ފަރާތްތަކަށް ޕޮއިންޓް ދެވޭ އުސޫލު ތިރީގައި މިވަނީއެވެ.
- އެންމެ އަގުހެޔޮ ފަރާތް 70%
- ތަމްރީނު ލިބިފައިވާ ސެކިޔުރިޓީ އޮފިސަރުން ބޭނުންކުރުމަށް 12%
(6 މީހުންނާއި ހަމައަށް، މީހަކަށް 2 ޕޮއިންޓް)
- މަސައްކަތުގެ ތަޖުރިބާ 18%
(ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތްކޮށްފައިވާ ކޮންމެ އަހަރަކަށް 6 ޕޮއިންޓް، ގިނަވެގެން 3 އަހަރަށް)
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވަން ބަދަލުގައި މީހަކު ފޮނުއްވާނަމަ، ފޮނުއްވާ ފަރާތުގެ ސިޓީއާއި އައި.ޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ފޮނުއްވާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.
ޝުކުރިއްޔާ
25 ރަބީއުލްއައްވަލް 1440
03 ޑިސެމްބަރ 2018