ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2018/109
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:29
ސުންގަޑި: 05 ޑިސެންބަރު 2018 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

                                                               ނަންބަރު:ިIUL/202-A/1/2018/109/ 

އިޢުލާން

 

            އެއްގަމާއި ކަނޑު ދަތުރުފަތުރާއި ބެހޭ ޤާނޫނާއި ޤަވާއިދު ހަރުދަނާ ކުރުމުގެ އެންމެހާ މަސައްކަތްތައް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކޮށް ކުރުމަށްފަހު ދިރާސާ ކުރަންޖެހޭ ކަންކަން ދިރާސާ ކުރުމާއި އެކު، ލީގަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ކުރިމަތިލައްވާ ފާރާތްތަކުގެ އަސާސީ ޝަރުތަކީ ޤާނޫނީ ދާއިރާއިން ދަށްވެގެން ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، ޤާނޫނީ ދާއިރާއިން މަދުވެގެން 05 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރި މީހެއްކަމުގައި ވުމާއި، ސަރުކާރުގެ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މަސައްކަތް ކުރެވޭނެ ފަރާތެއްކަމުގައި ވުމެވެ. މި މަސައްކަތަށް އަގު ކަނޑައެޅުމުގައި ބަލާނީ ދެފަރާތުން މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭ އަގަކަށެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ވަނަވަރާއި، އައިޑީ ކާޑާއި، މަސައްކަތު ތަޖުރިބާގެ ލިޔުންތަކާއި، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއިއެކު، 05 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވެސް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ސިޓީ ހުށަހަޅައި ދެއްވުން އެދެމެވެ.

މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343422 އަށް ގުޅުއްވުން އެދެމެވެ.

 

25 ޖުމާދުލްޢައްވަލް      1440

02 ޑިސެމްބަރ         2018

02 ޑިސެންބަރު 2018