ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)341-PL/341/2018/48
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:00
ސުންގަޑި: 03 ޑިސެންބަރު 2018 10:00
އަރިއަތޮޅު އުތުރުބުރީ އުކުޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ. އުކުޅަހު ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ހޯދުމާއި ގުޅޭ

ނަންބަރު: (IUL)341-PL/341/2018/48

ތާރީޙް:  28 ނޮވެމްބަރ 2018

މުއްދަތު ހަމަވާ ތާރީޙް: 03 ޑިސެމްބަރ 2018

 

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި އިދާރާއިން ހިންގަމުންދާ ވޭސްޓްމެނޭޖްމަންޓް ސެންޓަރ އަށް ބޭނުންވާ ތަކެއްޗާއި، ފެންސް ޖެހުމަށް ބޭނުންވާ ތަކެއްޗާއި، މަގުބައްތިޖެހުމަށް ބޭނުންވާ ތަކެތީގެ އިތުރުން އެހެނިހެން ބައެއް ސާމާނު ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2018 ވާ ހޯމަ  ދުވަހުގެ 10:00 މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު, 11 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހަޅުއްވަން ވާނީ، މި އިދާރާއިން ތަޔާރުކޮށްފައިވާ ބިޑް ހުށަހަޅުއްވާ ފޯމުންނެވެ. މި ދެންނެވި ފޯމް މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ދުވަހު މަޢުލޫމާތު ސާފު ކުރެއްވުމަށް ޙާޟިރުވާ ފަރާތްތަކާއި ހަވާލުކުރެވޭނެއެވެ. އަދި ބިޑް ތައްޔާރު ކުރަންވާނީ ބިޑްތައްޔާރުކުރުމަށް ދެވޭ މަޢުލޫމާތާއި އެއްގޮތަށެވެ. 

މި މަސައްކަތަށް ހުށަހަޅުއްވާ ބިޑް ކެނޑުން އިސްވެ ދެންނެވުނު ގަޑީގައި މި އިދާރާގައި އޮންނާނެއެވެ. އަދި ބިޑް ކެނޑުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގެންނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި އެހެން ބޭފުޅަކު  ފޮނުވިދާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ބިޑް ބަލައެއް ނުގަނެވޭނެއެވެ. މީގެ އިތުރުން ބިޑް ހުށަހަޅުއްވާއިރު ފަންނީ ގޮތުންނާއި، މާލީގޮތުން މިބާވަތުގެ މަސައްކަތްތަށް ކުރެއްވުމުގެ ޤާބިލްކަން ހުރި ލިޔުން ހުރިނަމަ އެ ލިޔުންތައް ހުށަހެޅުއްވުމަކީ މަސައްކަތް ޙަވާލުކުރުމުގައި ބިޑް ހުށަހަޅުއްވާ ފަރާތަށް ލިބިގެންދާނެ އިތުރުބާރެއް ކަމުގައި ދެންނެވީމެވެ.

ވީމާ،މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2018