ޢާންމު މަޢުލޫމާތު
ނަންބަރު: GS039/2018/15
ޕަބްލިޝްކުރި ތާރީޚް: 02 ޑިސެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 12 ޑިސެންބަރު 2018 13:00
ޣާޒީ ބަންޑާރައިން ސްކޫލް، ހއ. އުތީމު
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން

އިޢުލާން

                                                ނަމްބަރ: GS039/2018/15

 

2019 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

 

        މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 25 ނޮވެމްބަރ 2018 ގައި ކުރެވުނު އިޢުލާން ނަންބަރ     GS039/2018/14   އާއިގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވެފައިވަނީ ދެފަރާތަކުން ކަމުގައިވާތީވެ، އެއިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.      

     2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2018 ޑިސެމްބަރ 06 ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 11:00 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ،  2018ޑިސެމްބަރ 12 ވާ ބުދަ ދުވަހުގެ މެންދުރު 13:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ސްކޫލް އޮފީހަށް ދުރުވެ ދެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑް ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

     މިބީލަމަށް ކުރިމަތިލެވޭނީ ޤާނޫނު ނަމްބަރ 18/2014 ( ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު )ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިސްކޫލްގެ ނަމްބަރ 6500046 އާ ގުޅުއްވުން އެދެމެވެ.

                02  ޑިސެމްބަރ   2018

                24 ރަބީޢުލްއައްވަލް  1440

02 ޑިސެންބަރު 2018