ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: IUL)374-C/374/2018/124) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެފައިނުވާތީ، އެއިޢުލާނު ބާޠިލްކޮށް އަލުން އިޢުލާނުކުރަމެވެ.
މިމަސައްކަތް ކުރަން ޤަޞްދުކޮށްފައިވަނީ 02 ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ކުރުމަށް ހަމަޖައްސާފައިވަނީ ތޮށީގެ ބޭރުގައި ޖަހަން ތައްޔާރުކުރާ 330 ޓީ ބްލޮކް ކޮންކްރީޓްކުރުމުގެ މަސައްކަތެވެ. މިމަސައްކަތާބެހޭ މަޢުލޫމާތުކަރުދާސް ދޫކުރުން 2018 ނޮވެންބަރު 27 ން 2018 ޑިސެންބަރު 03 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު ކުރި 09:00 ން 12:00އާދެމެދު މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރު 06 ވާ ބުރަސްފަތި ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއް ގައެވެ. ސިޓީ އުރައިގެ ބޭރުގައި " ނިލަންދޫގެ ކުނިތޮށީގެ މޫދުތޮށިތައް މަރާމާތުކުރުމަށް ބޭނުންވާ 330 ޓީ ބްލޮކް ހެދުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކެއް ބަލައެއް ނުގަނެވޭނެއެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގެންނެވިކަން އެނގޭނޭލިޔުން ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.