ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު (IUL)374-C/374/2018/123) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަކަށް އެސްޓިމޭޓް ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތާބެހޭ މަޢުލޫމާތުކަރުދާސް ދޫކުރުން 2018 ނޮވެންބަރު 27 ން 2018 ޑިސެންބަރު 03 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ މެންދުރު ކުރި 09:00 ން 12:00އާދެމެދު މިއިދާރާގައި އޮންނާނެއެވެ.
ވީމާ، މިމަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ދިނުމުން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ޑިސެންބަރު 05 ވާ ބުދަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއް ގައެވެ. ސިޓީ އުރައިގެ ބޭރުގައި " ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ ނިލަންދެއަތޮޅު އުތުރުބުރީ ގޮފި ހުޅުވުމަށްޓަކައި "ރަށްމެދު ހިޔާ" އަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ މަސައްކަތްކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްޓަކައި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކެއް ބަލައެއް ނުގަނެވޭނެއެވެ. އެހެން މީހެއްގެ ޙަވާލުގައި އަންދާސީ ހިސާބު ހުށަހަޅުއްވާނަމަ، އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގެންނެވިކަން އެނގޭނޭލިޔުން ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.