މަސައްކަތް
ނަންބަރު: GS113/2018/272
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 13 ޑިސެންބަރު 2018 10:30
ކުޑަފަރީ މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ އައުޓްސޯސް ކުރުމަށް

     މި ސްކޫލުގެ ސެކިއުރިޓީ އައުޓްސޯސް ކުރުމަށް ކުރެވުނު ނަންބަރ : GS113/2018/262 އިޢުލާނާއި ގުޅިގެން ޝަރުތު ހަމަވާ އެއްވެސް ފަރާތަކުން ކުރިމަތިލައިފާ ނުވާތީ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

     1 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

       ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2018 ވާ ހޯމަ ދުވަހުގެ ހެނދުނު 10.30 ށް މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އެއަށްފަހު އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ   13 ޑިސެމްބަރ ވާ ބުރާސްފަތި  ދުވަހުގެ ހެނދުނު 10.30 ގައި މި ސްކޫލުގައެވެ. އަދި އެސްޓިމޭޓް ކެނޑުން އޮންނާނީ ހަމަ އެދުވަހުގެ ހެނދުނު 10:35 ގައި، އެސްޓިމޭޓް ހުށަހެޅި ފަތާތްތަކުގެ ހާޟިރުގައެވެ. މިބައްދަލުވުމުގައި އެސްޓިމޭޓް ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެސްޓިމޭޓުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ. 

      އަދި ދަންނަވަމަވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރު 6561802 އާއި ގުޅުއްވުން އެދެމެވެ.

29 ނޮވެންބަރު 2018