ކުއްޔަށް ހިފުން
ނަންބަރު: GS15/2018/37
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:08
ސުންގަޑި: 06 ޑިސެންބަރު 2018 10:00
ރ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވަން ގެއެއް ކުއްޔަށް ހިފުމާބެހޭ

2019 ވަނަ އަހަރު މިމަރުކަޒުގެ ޕްރިންސިޕަލް ހުންނަވަން ގެއެއް (1 އަހަރު ދުވަހަށް) ކުއްޔަށް ހިފުމަށް ބޭނުންވެގެން ކުރެވުނު، މިމަރުކަޒުގެ ނަންބަރު GS15/2018/35 ގެ އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގެއަކީ އެކަށީގެންވާ ފެންވަރެއްގައި ޢިމާރާތްކުރެވި ފަރުނީޗަރާއެކު މަދުވެގެން 3 ކޮޓާރިއާއި ސިޓިންގ ރޫމް އަދި ކައްކާ ކެވޭގޮތަށް ތަކެއްޗާއިއެކު ބަދިގެބަޔަކާއި ކާބައެއްގެ އިތުރުން ދޮވެ އިސްތިރިކުރެވޭނެ އިންތިޒާމް ހަމަޖެއްސޭނެ ގެއަކަށް ނުވަތަ އެޕާޓްމަންޓަކަށް ވާންވާނެއެވެ.    

ވީމާ، ގެއެއް ނުވަތަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް ގެ ނުވަތަ އެޕާޓްމަންޓް ކުއްޔަށް ދެއްވަން ބޭނުންފުޅުވާ އަގު ބަޔާންކޮށް ކުރެހުމަކާއެކު މިސްކޫލަށް ސިޓީހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި 6580031 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ތާރީޚް

ސިޓީ ހުށަހަޅަން ހަމަޖެހިފައިވާ ތާރީޚް

06 ޑިސެމްބަރ 2018 (ބުރާސްފަތި)

ގަޑި: ހެނދުނު 10:00

13 ޑިސެމްބަރ 2018 (ބުރާސްފަތި)

ގަޑި: ހެނދުނު 10:00

 

                           28 ނޮވެމްބަރ 2018

28 ނޮވެންބަރު 2018