ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2018/ 94
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 29 ޑިސެންބަރު 2018 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ IUL) 202-L/1/2018/107) ނަންބަރު އިޢުލާންއާއި ގުޅިގެން މުދާއުފުލާ އުޅަނދު ފަހަރު ބަނދަރަށް ވަދެ ނިކުތުމުގެ ގަޑިތަކަށް ބަދަލު ގެނައުން

            މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ނަންބަރ:(IUL) 202-L/1/2018/107 (28 ނޮވެމްބަރ 2018 ) އިޢުލާން އާއި ގުޅިގެން ކުރިން އެ އޮތޯރިޓީއިން ކޮށްފައިވާ އިޢްލާންގައިވާ މާލޭގެ މަގުތަކުގައި އެންގަމު އުޅަނދުގައި މުދާ އުފުލާ ގަޑިތަކަށް މިއަދުން ފެށިގެން ބަދަލު އައިސްފައިވާތީވެ، މިކުންފުނީގެ ސަރަހައްދުން މުދާ ކްލިއަރ ކޮށްގެން އެއްގަމު އުޅަނދުފަހަރުތައް ބޭރަށް ނުކުންނަ ގަޑިތަކާއި އަދި ޢަމަލު ކުރަން ފަށާ ތާރީޚު ތިރީގައި ދެންނެވިފައި އެވަނީއެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިޢުލާންގައިވާ ފަދައިން ތިރީގައި ދެންނެވިފައިވާ ގޮތަށް ޢަމަލު ކުރެވޭނީ 13 ޖެނުއަރީ 2019 ގެ ނިޔަލަށް ކަމުގައި ދަންނަވަމެވެ.

 

 1.      ކަނޑުމަގުން ކްލިއަރ ކުރެވޭ މުދާ

  • ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 20:00 އަށް. 
  • މުދާ ކްލިއަރކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން ރޭގަނޑު 00:00 އަށް.

 2.      އެއްގަމުމަގުން ކްލިއަރކުރެވޭ މުދާ

  • ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯގެ ޑެލިވަރީ އޯޑަރ ނޯޓުކުރެވޭނީ މެންދުރު  15:45އިން ފެށިގެން ރޭގަނޑު 23:00 އަށް.
  • ކޮންޓެއިނަރައިޒް މުދާ ބަރުކުރުމަށް ލޮރީ، ޕިކަޕް (ވެހިކަލް) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ މެންދުރު 15:45 އެވެ.
  • ޕެރިޝަބަލް މުދަލުގެ ޑެލިވަރީ އޯޑަރ ނޯޓްކުރެވޭނީ ހެނދުނު 08:00 އިން ފެށިގެން ދަންވަރު 2:00 އަށް. 
  • ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯގެ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 15:45 އިން ފެށިގެން ފަތިހު 05:00 އަށް 
  1. ހުކުރު ދުވަހު ކްލިއަރ ކުރާ މުދާ
  • ކަނޑުމަގުން ކްލިއަރ ކުރެވޭ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު 20:00 އަށް.
  • ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯގެ މުދަލުގެ ޑެލިވެރީ އޯޑަރ ނޯޓުކުރެވޭނީ ހަވީރު 15:45 އިން ފެށިގެން ރޭގަނޑު23:00 އަށް.
  • ދޯނިފަހަރަށް ބަރު ކުރާ މުދާ ބަރުކުރުމުގެ މަސައްކަތް ކުރިޔަށް ދާނީހަވީރު 15:45 އިން ފެށިގެން ރޭގަނޑު00:00  އަށެވެ.
  • ލޮރީ، ޕިކަޕް ( ވެހިކަލް ) ސަރަހައްދަށް ވައްދަން ފައްޓާ ގަޑިއަކީ ހަވީރު 15:45 އެވެ.
  • ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯގެ ކްލިއަރކޮށް ބަރުކުރެވޭ ލޮރީ ފަހަރުތައް މަގުމައްޗަށް ނުކުމެވޭނީ ހަވީރު 15:45 އިން ފެށިގެން ފަތިހު 05:00 އަށް

 

              ވީމާ، ދެންނެވިފައިވާ ގަޑިތަކުގައި ޑެލިވެރީ އޯޑަރ ނޯޓުކުރުމަށް ސަމާލުކަން ދިނުމަށާއި، ގަޑި ފަހަނަޅާދާފަހުން ނޯޓުކުރުމުން ލިބޭ ގެއްލުމަކަށް މި ކުންފުނިން ޛިންމާ ނުނެގޭނެ ވާހަކަ ދެންނެވީމެވެ. އަދި ކޮންޓައިނަރައިޒް އާއި ޖެނެރަލް ކާގޯގެ މުދާ މި އިޢުލާންގައިވާ ގޮތަށް ކްލިއަރ ކުރެވެން ފެއްޓޭނީ 30 ނޮވެމްބަރ 2018 ( ހުކުރު ) ދުވަހުން ފެށިގެންނެއެވެ. އަދި މިއަދުން ފެށިގެން ޕެރިޝަބަލް މުދާ 24 ގަޑި އިރު ކްލިއަރ ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

29 ނޮވެންބަރު 2018