މަސައްކަތް
ނަންބަރު: (IUL)232-AG/232/2018/19
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 22:19
ސުންގަޑި: 04 ޑިސެންބަރު 2018 13:15
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރިއްކޮޅު ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

މިއިދާރާގެ ނަމްބަރ (IUL)232-AG/232/2018/18 ( 19 ނޮވެމްބަރ 2018 ) އިޢުލާނާއި ގުޅިގެން ލިބިފައިވާ އަންދާސީހިސާބާއިއެކު އެންމެ އެކަށީގެންވާ މެނޫއެއް ހުށަހަޅުއްވާފައިވާ ނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް 3ވަނަ ފަހަރަށް ފަރިއްކޮޅު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަރާތުން ބާއްވާ " މުއައްސަސާތަކުން ފޯރުކޮށްދޭ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށް ދިނުން "  މަސައްކަތު ބައްދަލްވުމާއި ގުޅިގެން ވަޑައިގަންނަވާ ފަރާތްތަކަށް ދުވާލަކަށް މީހަކަށް -/200 ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ފަރިއްކޮޅު އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރ 02 ވާ އާދީއްތަ ދުވަހުގެ 13:15 އަށް   މިއިދާރާގެ ކޮންފެރެންސް ހޯލަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ޑިސެމްބަރ 04 ވާ އަންގާރަ ދުވަހުގެ 13.15 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2018