ދިވެހިރާއްޖެ
އިޢުލާން
ރޯޝަނީ ބިލްޑިންގ އާއި ހެލްތު ސަޕްލައިޒް ހިނގަމުންދާ އިމާރާތާއި ދަމަނަވެށި ހިންގަމުންދާ އިމާރާތާއި މޯލްޑިވިއަން ބްލަޑް ސަރވިސަސް ގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ބެހެއްޓިފައިވާ ރެފްރިޖެރޭޓަރތަކާއި ކޯލްޑްރޫމްތައް މަހަކު އެއްފަހަރު ސަރވިސްކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ޑިސެމްބަރ 2018 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް މިމިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
20 ރަބީއުލްއާއްވަލު 1439