ޢާންމު މަޢުލޫމާތު
                	
                ނަންބަރު: (A)DA/-2014/8
                    ޕަބްލިޝްކުރި ތާރީޚް: 07 ޖަނަވަރީ 2014
                    ޕަބްލިޝްކުރި ގަޑި:  17:01
                    
                އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ސިޔާސީ ޕާޓީއެއް އުފެއްދުމަށް ދީފައިވާ ހުއްދަ ބާޠިލުކުރުން
                                ސިޔާސީ ޕާޓީގެ ގަވާއިދު 2005 ގެ 6 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޭޝަނަލް އިންޑަސްޓްރިއަލް އެލަޔަންސްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް 22 ޖަނަވަރީ 2013 ވީ އަންގާރަ ދުވަހު މ. ނަންނާރިގޭ މުޙައްމަދު ފަޔާޒަށް ދީފައިވާ ހުއްދައިގެ މުއްދަތު ހަމަވިއިރުވެސް ނޭޝަނަލް އިންޑަސްޓްރިއަލް އެލަޔަންސްއަށް ޞައްޙަ 10,000 (ދިހަހާސް) މެންބަރުން ހަމަކުރެވިފައިނުވާތީ، އެ ހުއްދަ 6 ޖަނަވަރީ 2014 އިން ފެށިގެން ބާޠިލު ކޮށްފީމެވެ.
ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 ރަބީޢުލްއައްވަލް 1435
                07 ޖަނަވަރީ 2014