ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
|
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް |
GS3 |
އަދަދު |
02 |
މަސައްކަތްކުރަންޖެހޭ ތަން |
ސުޕްރީމް ކޯޓް |
އަސާސީ މުސާރަ |
-/4465 ރުފިޔާ |
މިމަޤާމަށް ލިބޭ އެލަވަންސް |
މުސާރައިގެ އިތުރުން، ސާރވިސް އެލަވަންސް -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50، ލިވިންގ އެލަވަންސް -/3000ރ (ތިންހާސް ރުފިޔާ) އަދި ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް. |
އަސާސީ ޝަރުޠު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްގުވާ މާކުހެއް ލިބެމުން ދިއުމާއެކު ، GS 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- ކޯޓަށް އަންނަ ލިޔެކިޔުންތައް އެންޓްރީކޮށް ސްކޭން ކުރުމަށްފަހު ސެކްޝަންތަކާއި ހަމަޔަށް ފޯރުކޮށްދިނުން. 2- ސެކްޝަންތަކުން ޑިސްޕެޗްކުރުމަށް ގެންނަ ތަކެތި ޖެމްސް އިން ނަންބަރުޖަހާ ޑިސްޕެޗް ކުރުން އަދި ޕޯސްޓްކުރުމަށް ގެންނަ ތަކެތި ޕޯސްޓް ކުރުމަށް ފޮނުވުން. 3- ކޯޓަށް އަންނަ އެކި ފޯނުކޯލުތަކަށް ޖަވާބުދާރީވުމާއި، ކައުންޓަރަށް އެކި ކަންކަމުގައި އަންނަ މީހުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން. 4- ކައުންޓަރުގައި ގެންގުޅޭ އެކިއެކި ފޮތްތަކާއި ރެކޯޑުތައް ބެލެހެއްޓުން. |
ހުށަހަޅަންޖެހޭ ތަކެތި |
1- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށްއެދޭ ފޯމް 2- ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. 3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް) |
ސުންގަނޑި |
މިމަޤާމަށް ޝަރުތުފުރިހަމަވާ ފަރާތްތަކުން މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2018 ޑިސެންބަރު 06 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކޯޓަށް ފޮނުއްވުން އެދެމެވެ. |
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
1- ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން. 2- ދަތުރުކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެފަދަ ސިއްޚީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. 3- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތް ކުރަން އެނގޭ ފަރާތަކަށްވުން. 4- މައިކްރޯސޮފްޓް އޮފީސް ފަދަ ޕްރޮގްރާމްތައް ފަރިތަކަމާއިއެކު ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން. 5- ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލްކަން ހުރިފަރާތަކަށްވުން. |
އިތުރު މަޢުލޫމާތު |
1- އިންޓަވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 2- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 3- އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ. 4- މިކޯޓުގެ ވަޒީފާއަށްއެދޭ ފޯމް މިކޯޓުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެއެވެ. މިކޯޓުގެ ވެބްސައިޓްގެ އެޑްރެހަކީ www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މިކޯޓުގެ ކައުންޓަރުން ފޯމު ލިބެންހުންނާނެއެވެ. |