ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)247-CA/247/2018/91
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 10 ޑިސެންބަރު 2018 11:30
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ހޯރަފުށީ އޯކިޑްވިލާ އިމާރާތަށް ބޭނުންވާ އެއަރ ކޮންޑިޝަން ހޯދުމާއިގުޅޭ

އިޢުލާން

ހއ.ހޯރަފުށީ އޯކިޑްވިލާ އިމާރާތަށް ބޭނުންވާ އެއަރ ކޮންޑިޝަން ހޯދުމާއިގުޅޭ

              މި އިދާރާއިންދޭ މަޢުލޫމާތާއި ސްޕެސިފިކޭޝަނާއި އެއްގޮތަށް ހއ.ހޯރަފުށީ އޯކިޑްވިލާ އިމާރާތަށް ބޭނުންވާ އެއަރ ކޮންޑިޝަން ވިއްކަން ބޭނުންވާ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި ތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެމަތިން މި އިދާރާއަށް ޙާޟިރުވެދެއްވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

އަންދާސީ ހިސާބް ހުށަހަޅާ ފޯމް ދޫކުރުމާއި، މަޢުލޫމާތު ދިނުން

04 ޑިސެންބަރު 2018

އަންގާރަ

11:30

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑި

10 ޑިސެންބަރު 2018

ހޯމަ

11:30

              މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް، ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަންވާނެއެވެ. އެސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ދިވެހި ރައްޔިތެންކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް ކަމުގައިވެސް ދަންނަވެމެވެ.

              މިހެންވެ، މިކަން ޢާއްމުކޮށް އިޢުލާން ކުރީމެވެ.

              20 ރަބީޢުލްއައްވަލް 1440

              29 ނޮވެމްބަރ    2018

 

                                            

28 ނޮވެންބަރު 2018