ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2018/16
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:02
ސުންގަޑި: 02 ޑިސެންބަރު 2018 20:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުން

                                         ނަންބަރު:  16/IUL)425-CB/1/2018)

 

އިޢުލާނު

24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބޭއްވުން

      24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމުގައި ޢަމަލުކުރާނޭ ގޮތެއް ކަނޑައެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ވަނީ އުޞޫލެއް ކަނޑައަޅައިފައެވެ. އެމިނިސްޓްރީ އިން ވަނީ މާލޭ ސިޓީގައި ދިރިއުޅޭ ރައްޔިތުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ފަހު އެމިނިސްޓްރީއާ ޙިއްޞާކުރެއްވުމަށް ވެސް އަންގަވައިފައެވެ. ވީމާ، މިމައްސަލައާ ބެހޭ ގޮތުން މާލޭ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހުރި ނެތް ގޮތެއް ބެލުމަށް މިކައުންސިލުން ވަނީ 02 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 20:30 ގައި މިކައުންސިލްގެ މާފަންނު އޮފީހުގައި ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފައެވެ. ވީމާ، މިބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް އެދި މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

                                            20 ރަބީޢުލްއައްވަލް 1440

28 ނޮވެންބަރު 2018