ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)199-CS/199/2014/2
ޕަބްލިޝްކުރި ތާރީޚް: 06 ޖަނަވަރީ 2014
ޕަބްލިޝްކުރި ގަޑި: 16:54
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބޭސްފަރުވާއަށް އެހީ ހޯދުމަށް އެދި ހުށަހަޅާ ފަރާތްތަކާބެހޭ
ބޭސްފަރުވާއަށް އެހީ ހޯދުމަށް އެދި މިއެޖެންސީއަށް ހުށަހަޅާ ފަރާތްތަކަށް ފަސޭހަކުރުމުގެ ގޮތުން އެހީ ލިބޭ ފަރާތާއި މިއެޖެންސީއާދެމެދު ވެވޭ އެއްބަސްވުން އެހީއަށް އެދި ހުށަހަޅުއްވާ ސިޓީއާއެކު ފުރިހަމަކުރުމަށްފަހު ހުށަހަޅާގޮތަށް ހަމަޖައްސައިފީމެވެ.
ވީމާ، އެހީއަށް އެދި ހުށަހަޅުއްވާއިރު އެ އެއްބަސްވުންވެސް ފުރިހަމަކުރުމަށްފަހު ހުށަހެޅުއްވުމަށް އަންގާ އިޢުލާންކުރަމެވެ.
އެއްބަސްވުން މި އެޖެންސީގެ ވެބްސައިޓް www.nspa.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި އެޖެންސީގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.
05 ރަބީޢުލްއައްވަލް 1435
06 ޖަނަވަރީ 2014