ދިވެހިރާއްޖެ
އިޢުލާން
ނަންބަރ: GS-165/IUL/2018/13
2019 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !
ވޭތުވެދިޔަ 2018 ވަނަ އަހަރެކޭވެސް އެއްފަދައިން 2019 ވަނަ އަހަރު ވޭވަށުގެ ދަރިވަރުން މ. މުލަކަށް ކިޔަވަން ދިއުމަށްޓަކާ ފެރީއެއް ހޯދަންބޭނުންވެއެވެ.
މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.
ތަފްޞީލް |
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ވޭވަށު ސުކޫލް |
03 ޑިސެމްބަރ 2018 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށައެޅުން |
ވޭވަށު ސުކޫލް |
06 ޑިސެމްބަރ 2018 |
ބުރާސްފަތި |
13:00 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ.މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
28 ނޮވެމްބަރ 2018