ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2018/22
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 05 ޑިސެންބަރު 2018 14:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ސެކްރެޓަރީ ޖެނެރަލް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

ސެކްރެޓަރީ ޖެނެރަލް

ޢަދަދު

 1

މުސާރަ

-/30,000ރ (ތިރީސްހާސް ރުފިޔާ)

އެލަވަންސްތައް

1- ލިވިންގ އެލަވަންސް: -/15,000ރ (ފަނަރަހާސް ރުފިޔާ)

2- ފޯނު އެލަވަންސް: -/2,000ރ (ދެހާސް ރުފިޔާ)

އަސާސީ ޝަރުޠު

  1. ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ތަޢުލީމީ ފެންވަރަށާއި އިސްނެގުމަށާއި ލީޑަރޝިޕަށާއި ތެދުވެރިކަމާއި އަމާނާތްތެރިކަމަށާއި ހިންގުމުގެ ތަޖުރިބާއަށާއި ނަތީޖާ ޙާޞިލުކޮށްފައިވާ މިންވަރަށް ބެލެވޭނެއެވެ. މިގޮތުން ބެލޭނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން މަސައްކަތާ ގުޅޭ ދާއިރާއަކުން އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައިވުން.

(ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ޖަމާޢަތެއްގައި ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

(ނ) ކުރިން ވަޒީފާ އަދާކޮށްފައިވާ ދާއިރާތަކުގައި އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށް، ނަތީޖާ ޙާޞިލްކޮށްދީފައިވުމާއި، ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ލީޑަރޝިޕް ދައްކާފައިވާ މީހެއްކަމުގައިވުން.

(ރ) ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތައް އެނގޭ މީހެއްކަމުގައިވުން.

(ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމާއި، އެކަންކަން ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާއި  އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި އަދާކުރަންޖެހޭ އެންމެހައި މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ޅ) ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ލަފާދިނުމުގެ ޤާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ކ) ދިވެހިބަހުގެ އިތުރުން ޢަރަބިބަސް އަދި އިނގިރޭސިބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

2- ޝަރުޢީ ދާއިރާގެ ވަޒީފާއަކަށް އައްޔަންކުރާ ފަރާތްތަކުގައި ހުރުން ލާޒިމުވާ ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވެފައިވުން.

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚުތިޔާރު ލިބިދޭ ޢުމުރަށްވުރެ ދޮށީ ޢުމުރުގެ މީހެއްކަމުގައި ނުވުން.

(ނ) އިސްލާމް ދީނުގައި ޙައްދެއްކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ޚިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ރ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާއެއްގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.

މުއްދަތު

މި މަޤާމަށް ޢައްޔަނުކުރެވޭ ފަރާތުގެ ޚިދުމަތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބުލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، އެމީހެއްގެ މަޤާމުގެ މުއްދަތު 05 އަހަރުން 05 އަހަރަށް އިތުރު ކުރެވިދާނެ އެވެ.

މަޤާމުގެ މަސްއޫލިއްޔަތު

(ހ) ސުޕްރީމް ކޯޓުގެ އިދާރީ، ކަންތައްތައް ބެލެހެއްޓުމާއި އެކަންތައްތައް ހިނގަމުންދަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިންކަން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން. މިގޮތުން:

  1. ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ސުޕްރީމް ކޯޓުގެ ދާއިރާއަށް ސުޕްރީމް ކޯޓުގެ ރަސްމީ އޮނިގަނޑުން ކަނޑައަޅާ މަސައްކަތްތަކާއި ސިޔާސަތުތަކާއި މަޝްރޫޢުތައް އެކުލަވައި އެކަށައަޅައި ހިންގުމުގައި ފަނޑިޔާރުންގެ މަޖިލީހަށް އެހީތެރިވުން.
  2. ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޒިންމާކުރެވޭ ދާއިރާއާގުޅޭގޮތުން ސިޔާސަތުތައް އެކުލަވާލުމަށާއި މަޝްރޫޢުތައް ރޭވުމަށް ބޭނުންވާ މަޢޫލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ދިނުމާއި އެކުލަވާލެވޭ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ސީދާ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރުންގެ މަޖިލީހުގެ އިރުޝާދުގެ ދަށުން ހިންގައި ބެލެހެއްޓުން.
  3. ޕްރޮޖެކްޓްތަކާއި ޕްރޮގްރާމްތަކުގެ ތެރެއިން ކޮންމެހެން ރިވިއުކުރަންޖެހޭ ކަންކަން ދެނެގަނެ ގެންނަންޖެހޭ ބަދަލުތައް ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ގެނައުން.
  4. ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކުން ކަނޑައަޅާފައިވާ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް ސުޕްރީމް ކޯޓުގެ މަސައްކަތްތައް ރޭވުމާއި ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތަށް މަސައްކަތްތައް ހިންގުން.
  5. ކަމާބެހޭ މުވައްޒަފުންގެ ޒިންމާގެ ދަށުން، މުދަލާއި ފައިސާ އަދި އެހެން ވަޞީލަތްތައް ހެޔޮގޮތުގައި ބޭނުންހިފޭނެ ގޮތްތައް ރާވައި އިޞްލާޙުކުރުން.
  6. ސުޕްރީމް ކޯޓުގެ ކުރިއެރުމާއި ތަރައްޤީއަށް ދުރު ރާސްތާ، މެދު އަދި ކުރު ރާސްތާގެ ތަރައްޤީގެ މަޝްރޫޢުތައް އަދި ބޭނުންވާ ސްޓްރެޓީޖިކް ޕްލޭން އަދި އެކިއެކި ހަރަކާތްތަކުގެ މަސައްކަތު ތާވަލް އެކުލަވައި ތަންފީޒުކޮށް ހިންގައި މޮނީޓަރކޮށް ބެލެހެއްޓުން.
  7. ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހަލުވިކަމާއި އޮމާންކަމާއެކު ނަތީޖާ ބޮޑުގޮތެއްގައި ހިންގައި ބެލެހެއްޓުމަށްޓަކައި، ބޭނުންވާ މުވައްޒަފުނާއި އެހެނިހެން ވަސީލަތްތަކުގެ ބޭނުންކޮށްގެން އެކިއެކި އިންތިޒާމުތައްކޮށް އެކަންކަން ހިންގުން.
  8. ސުޕްރީމް ކޯޓަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހޯދައި ތަރައްޤީކޮށް އެންމެ ހެޔޮގޮތުގައި ބޭނުން ހިފުން.
  9. ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުގެ ނީޑްސް އެސެސްމަންޓްހެދުމާއި، އެއާއެއްގޮތަށް ތަމްރީނާއި ހުނަރުތައް ކޯޓަށް ހޯދުން.
  10. ސުޕްރީމު ކޯޓުގެ މުވައްޒަފުންނަށް ކެރިއަރ ޕާތުތައް ރާވައި ކެރިއަރ ބޭސްޑް އުޞޫލުތަކުން މުވައްޒަފުންގެ ކަންތައްތައް ހިންގުން.
  11. ޝަރުޢީދާއިރާގެ މުވައްޒަފުންނާ ގުޅޭ ޤާނޫނުތަކާއި ޤަވާޢިދާއި ސުލޫކީ މިންގަނޑު ތަންފީޒުކުމުގައި މުވައްޒަފުން ޢަމަލުކުރުން ކަށަވަރުކުރުވުމާއި އެކަންކަމުގައި މުވައްޒަފުން ޖަވާބުދާރީ ކުރުވުން.
  12. ސުޕްރީމް ކޯޓުގެ މުވައްޒަފުންގެ ކުރިއެރުމަށް އަދި ކުރިއެރުވުމަށް ޤަވާޢިދު ތަންދޭ އެއްމެ މަތީ ދަރަޖައަކަށް އަބަދުވެސް މަސައްކަތް ކުރުން، އަދި ޕާރފޯމަންސް ވަޒަންކުރެވޭނޭ ނިޒާމުތައް ޤާއިމުކޮށް ފަންނީގޮތުގައި ތަންފީޒުކުރުން.
  13. އިސްނެގުމާއި އައުގޮތްތަކާއި، އެންމެ ރަނގަޅު ގޮތްތަކާއި އައު ޓެކްނޮލޮޖީއާއި ހުނަރަށް އިސްކަންދީގެން ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް އެރޮނގުތަކުން ކުރިއެރުން ގެނަސް، ކުރެވޭ މަސައްކަތަށާއި ދެވޭ ޚިދުމަތަށް އޭގެ އެދެވޭ ކުރިއެރުން ގެނައުން.
  14. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ކަންތައްތައް ހިންގުމަށްޓަކައި ބޭނުންވާ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދާއި ސުލޫކީ މިންގަނޑުތަކާއި އުޞޫލުތައް އެކުލަވައިލުމުގައާއި ތަންފީޒު ކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ކަމާބެހޭ ކޮމެޓީގެ މެންބަރެއްގެގޮތުން ލަފާދިނުން.
  15. ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު ތަންފީޒުކުރުމުގައްޔާއި އެނޫންވެސް ޚިދުމަތާގުޅޭ ޤަވާޢިދުތަކާއި މިންގަނޑުތަކާއި އުޞޫލުތައް އެކަށައެޅުމާއި ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން.
  16. ޝަރުޢީ ދާއިރާއިން ރައްޔިތުންނަށް ދެވޭ ޚިދުމަތް ހަލުވިކޮށް ފެންވަރު ރަނގަޅުކޮށް ނަތީޖާ ބޮޑުކޮށް ހިންގުމަށް ބޭނުންވާ ރޭވުންތައް ރާވައި ހިންގުމުގައާއި އެކަމަށް ބޭނުންވާ ތަމްރީނުތައް ރާވައި ހިންގުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ ލަފާދިނުމާއި އެކަންކަން ރާވައި ހިންގުމުގައި ގުޅިގެން މަސައްކަތް ކުރުން.

 

(ށ) ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެމަތިން ސުޕްރީމް ކޯޓުގެ އިދާރީ ބައިތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

(ނ) ސުޕްރީމް ކޯޓުގެ އިދާރީ ޑިވިޜަންތަކާއި ޔުނިޓްތައް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމާއި ކަމާބެހޭ ރިޕޯޓް ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާގޮތެއްގެ މަތިން އެމަޖިލީހަށް ހުށައެޅުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ސެކްރެޓަރީ ޖެނެރަލްކަން ކުރެވިދާނެކަން ޤަބޫލުކުރައްވާ ސަބަބު ބަޔާންކޮށް ސުޕްރީމް ކޯޓަށް އެޑްރެސްކޮށް ލިޔުއްވާ ސިޓީއާއި ސުޕްރީމް ކޯޓުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މިފޯމް މިކޯޓުން އަދި މިކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ލިބެންހުންނާނެއެވެ.)
  2. ސެކްރެޓަރީ ޖެނެރަލްކަމަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކުރާ ތަޢުލީމީ ސެޓްފިކެޓެއް ހުށަހަޅާނަމަ   އެ ސެޓްފިކެޓް އެކްރެޑިޓްކޮށް ތައްގަޑު ޖަހާފައިވާ އަސްލުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2018 ޑިސެންބަރު 05 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ސުޕްރީމް ކޯޓަށް (ތީމުގެ، އޯކިޑްމަގު) ހުށަހަޅަންވާނެއެވެ.

އިތުރުމަޢުލޫމާތު

މިމަޤާމަށް ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއުކުރުމުން އިންޓަރވިއުޕެނަލްގައި މިމަޤާމުގެ ވާޖިބުތައް އަދާކޮށްދެވޭނެ ކަމަށް ސާބިތުކޮށްދީ އިންޓަރވިއުއިން ފާސްވި ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ޙާޟިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް އަސްލާއެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ.

27 ނޮވެންބަރު 2018