ޢާންމު މަޢުލޫމާތު
ނަންބަރު: GS-188/IL/2018/10
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:31
ސުންގަޑި: 10 ޑިސެންބަރު 2018 12:00
މުންޑޫ ސްކޫލް، ލ. މުންޑޫ
ދިވެހިރާއްޖެ
2019ވަނަ އަހަރު މުންޑޫ ސުކޫލަށް ކުދިން ވެއްދުމާއިބެހޭ

2019  ވަނަ އަހަރު ޕްރީ ސްކޫލަށް ދަރިވަރުން ވެއްދުމާއިގުޅޭ

2019 ވަނަ އަހަރު މި ސްކޫލްގެ އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ އަށް ދަރިވަރުން ވެއްދުމަށް އެދޭފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

ޕްރީސްކޫލް މަރުހަލާއަށް ދަރިވަރުން ވެއްދުމުގައި އުމުރުފުރާ ބަލާނީ ތިރީގައިވާ ތާވަލާ އެއްގޮތަށެވެ.

މަރުޙަލާ

އުމުރުފުރާ

އެލް.ކޭ.ޖީ

4 އަހަރު ފުރި 5 އަހަރު ނުފުރޭ

ޔޫ.ކޭ.ޖީ

5 އަހަރު ފުރި 6 އަހަރު ނުފުރޭ

 

މަތީގައިވާގޮތަށް އުމުރު ބަލާނީ ދަރިވަރު ސްކޫލަށް ވައްދަން އެދޭ އަހަރު ޖެނުއަރީ މަހުގެ 1 އަށް މަތީގައިވާ ގޮތަށް އުމުރު ހަމަވާ ކުދިންނެވެ. ނަމަވެސް ސްކޫލަށް ވައްދަން އެދޭ އަހަރުގެ މާރޗުމަހުގެ 31 ގެ ނިޔަލަށް އަހަރު ފުރޭ ކުދިންނަށްވެސް ފުރުޞަތު ދެވިދާނެއެވެ.

       ވީމާ، 2018 ޑިސެމްބަރ 10 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު،  ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެއްޗާއެކު މިސްކޫލްގެ އިދާރާއަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. މި ފޯމް ސްކޫލްގެ އިދާރާއިން 2018 ނޮވެމްބަރ 28 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލިބެން ހުންނާނެއެވެ.

       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

28 ނޮވެންބަރު 2018