ދިވެހިރާއްޖެ
2019 ޖެނުއަރީ 01 ން 2019 ޑިސެމްބަރ 31 ގެ ނިޔަލަށް ކޮންޓްރެކްޓް އުޞޫލުން ، މި މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، 2018 ނޮވެމްބަރ 07 ގައި ކުރި މި މަދަރުސާގެ ނަމްބަރ: GS19-C/IUL/2018/23 އިޢްލާން ބާތީލްކޮށް ދެވަނަފަހަރަށް އިޢްލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ކުރިމަތިލެއްވޭނީ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި / ކުންފުނި ތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑް ގެންނެވުންއެދެމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށްވެސް ދެންނެވީމެވެ.
މަޢްލޫމާތު ސާފުކޮށްދިނުން |
އަންދާސީ ހިސާބު ހުށަހެޅުން |
2018 ޑިސެމްބަރ 05 (ބުދަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
2018 ޑިސެމްބަރ 17 (ހޯމަ) ދުވަހުގެ ހެނދުނު 10:00 ގައި މަދަރުސާގެ އޮފީހުގައި |
މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢްލޫމާތަށްޓަކައި ދެންނެވީމެވެ.
19 ރަބީޢުލް އައްވަލް 1440
27 ނޮވެމްބަރ 2018