ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/INDIV/2018/41
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:03
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީގައި ބަހައްޓަފައިވާ ތަކެތި ނެގުން

            މިރަށު ބަނދަރުމަތީގައި އޮޑި ދޯނިފަހަރުން ބާލައި ބަހައްޓާތަކެތި އެތަކެތި ބަހައްޓާދުވަހުންފެށިގެން 10 ދުވަހުގެ ތެރޭގައި ނަގާ ތަންސާފުކުރުމަށް ބަންދަރު ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ދަންނަވަމެވެ. އަދި ބަނދަރުމަތީގައި ދާއިމީކޮށް ތަކެތި ގުދަންކޮށްފައި ބެހެއްޓުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.  

            ބަނދަރުމަތީގައި ބަހައްޓާތަކެތީގެ ތެރެއިން އެތަކެތި ބެހެއްޓި ދުވަހުންފެށިގެން 10 ދުވަހުގެ ތެރޭގައި ނުނަގާ ހުންނަ ތަކެތި އަދި ބަނދަރުމަތީގައި ދާއިމީކޮށް ގުދަންކޮށްފައި ހުންނަ ތަކެތި މިކައުންސިލުން ނަގާ ނައްތާލާނެ ވާހަކަ ދަންނަވަމެވެ.

            މިރަށުގެ ބަނދަރު ސަރަހައްދުގައި މިހާރު ބަހައްޓަފައިވާ އަމިއްލަ ފަރާތްތަކުގެ އެންމެހާ ތަކެތި މިއަދުންފެށިގެން 15 ދުވަހުގެ ތެރޭގައި ނެގުމަށާއި ބަނދަރުމަތީގައި މިވަގުތު ބަހައްޓަފައިވާ ތަކެތީގެ ތެރެއިން މިމުއްދަތުގެ ތެރޭގައި ނުނަގާ ހުންނަ ތަކެތި މިމުއްދަތު ހަމަވުމުން، މިކައުންސިލުން ނަގާ ނައްތާލާނެ ވާހަކަ އާންމޮކޮށް އަންގާ އިއުލާންކުރަމެވެ.

19 ރަބީއުލްއައްވަލް 1440

27 ނޮވެންބަރު 2018

27 ނޮވެންބަރު 2018