މަޤާމް:
|
ޕްރޮޖެކްޓް އޮފިސަރ
|
ބޭނުންވާ ޢަދަދު:
|
02
|
މަސައްކަތު ވަގުތު
|
- ފުރަތަމަ 3 މަސްދުވަހު، ރަސްމީދުވަސްދުވަހު 09:00 އިން 13:00 އަށް
- ޖެހިގެންއަންނަ 3 މަސްދުވަހު، ރަސްމީދުވަސްދުވަހު 08:00 އިން 14:00 އަށް
- މުވައްޒަފު ބޭނުންވާނަމަ، ރަސްމީގަޑި ނިމެންދެން މަސައްކަތުގައި ބައިވެރިވެވިދާނެއެވެ.
- އަދި ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކުގައިވެސް ބައިވެރިވެވިދާނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
|
ޕްރޮގްރާމްގެ މުއްދަތު:
|
6 މަސް ދުވަސް ( ބާއިވެރިވާ ފަރާތުން މުއްދަތު އިތުރުކުރަން ޝައުޤުވެރިވާނަމަ، ކައުންސިލްއިން ނިންމާގޮތެއްގެ މަތިން، މުއްދަތު އިތުރު ކޮށްދެވޭނެއެވެ. )
|
މުސާރަ:
|
-
|
ސަރވިސް އެލެވަންސް:
|
މަހަކަށް -/1000ރ ( ޙާޟިރު ނުވާ ދުވަހަކަށް -/20ރ އުނިކުރެވޭނެއެވެ. )
|
އެހެނިހެން އެލަވަންސް
|
-
|
މި ޕްރޮގްރާމްގެ ދަށުން ތަޖްރިބާ ހޯދައިދެވޭ ބައިތައް
|
( އޮފީހުގެ 2 ސެކްޝަންގެ 4 ޔުނިޓްގައި، ކަނޑައެޅޭ ތާވަލެއްގެ ދަށުން، ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރަންޖެހޭނެއެވެ. އަދި ތަޖްރިބާގެ ލިޔުމުގައި ކުރަން ދަސްވި ކަންކަން ފާހަގަކޮށްދެވޭނެއެވެ.)
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނަށް ތައްޔާރުވުން.
- ވޮލަންޓަރީ ޕީރިއަޑްގައި އޮފީހުގައި ހިންގޭ ކުރު ތަމްރީން ތަކުގައި ބައިވެރިވުން.
- އިންވެންޓަރީއާގުޅޭ މަސައްކަތްތަކާ، ނީލަމާބެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
- ޕްރޮކިޔޯމެންޓް މަސައްކަތްތަކާ ބިޑް ޕްރޮސެސްއާގުޅޭ މަސައްކަތްތަކުގައި ބައިވެރިވުން.
- އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ހިންގާޕްރޮގްރާމްތަކާ ގުޅިގެން އޮފީހުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
- އޮފީހުގެ މަސައްކަތްތަކާ، އާމްދަނީއާ ޚަރަދުގެ ތަފާސްހިސާބު އެންޓަރކުރުމާ، ވެބްސައިޓްގައި ޢާންމުކުރުމާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
- އަތޮޅުގެ ރަށުކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކުރުމަށް، މަޢުލޫމާތު އެއްކޮށް ރިޕޯރޓް އެކުލަވައިލުމުގައި އެހީތެރިކަންދިނުން.
- އަތޮޅު ތަރައްޤީގެ ޕްލޭންއާ މަސައްކަތުތާވަލު ޙާޞިލްވަމުންދާގޮތް މޮނިޓަރކުރުން.
- ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
- ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.
- ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ކުއްލި ކަންކަމާއި، ހުރިހައި ސްޓާފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
- ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް / ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.
- ޔުނިޓްގެ އެހެން މުވައްޒަފަކާ، ދިމާވާ ކަމަކާ ގުޅިގެން އެމުވައްޒަފެއްގެ މަސައްކަތް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ، އެމަސައްކަތެއް ކުރުން.
- އަދި އެހެނިހެން އިދާރީ މަސައްކަތްތަކުގައި ބައިވެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން.
- އެސްއެސްސީ 1 މާއްދާއިން ފާސްވެފައި ވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ.)
- އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީތައް. (އެޓެސްޓް ކުރުންލާޒިމެއްނޫން)
- ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރުންލާޒިމެއްނޫން)
|
ޕްރޮގްރާމަށް ފުރުޞަތުދިނުމުގައި ބެލޭނެ ކަންތައްތައް:
|
1. ތަޢުލީމް
|
%40
|
2. ކޯސްތަކާއި ފުރިހަމަ ކޮށްފައިވާ ތަމްރީންތައް
|
%40
|
3. އިންޓަރވިއު
|
%20
|
ޖުމްލަ
|
100%
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ޑިސެމްބަރ 2018 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6620043 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 05 ޑިސެމްބަރ 2018 އާއި 12 ޑިސެމްބަރ 2018 އާ ދެމެދު، ފާދިއްޕޮޅު އަތޮޅުކައުންސިލް އިދާރާ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިޕްރޮގްރާމްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 04 އަކަށްވުރެ އިތުރުވާނަމަ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތިން މާކްސް ލިބޭފަރާތްތަކެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620116 ނުވަތަ 6620120 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6620043 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|