ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2018/38
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:33
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޫދަށް އެރޭ ސަރަޙައްދަށް ދޯނިފަހަރާއި ޑިންގީ އަދި ލާންޗް އެހެލުން މަނާކުރުން

އިޢުލާން

މޫދަށް އެރޭ ސަރަޙައްދަށް ދޯނިފަހަރާއި ޑިންގީ އަދި ލާންޗް އެހެލުން މަނާކުރުން

މިރަށަކީ ބިންފުރި އާބާދީ ތޮއްޖެހިފައިވާ އަދި ރަށުގެ ހޭޅިފަށް ހިމާޔަތް ކުރުމަށްޓަކައި ރަށްވަށައިގެން ރަށުގެ 70 އިންސައްތަ ހޭޅިފަށުގައި ބޮޑުހިލަ ޖަހާފައިވާ ރަށެކެވެ. އެހެންކަމުން މިރަށުގެ ރައްޔިތުން ޕިކްނިކް ދިއުމަށާއި މޫދަށް އެރުމަށް މިހާރު ޖެހެނީ ބޮޑު ޚަރަދުކޮށްގެން ރަށުން ފުރައިގެން ކޮންމެވެސް ފަޅުރަށަކަށްދާށެވެ. ނަމަވެސް މިއީ ރަށުގެ އާދައިގެ އާއިލާތަކަށް ކުރެވޭވަރުގެ ޚަރަދެއްނޫނެވެ. އެހެންކަމުން ޕިކްނިކް ދިއުމަށާއި މޫދަށް އެރި އުޅުމަށާއި ކުޑަކުދިންނާއި ބޮޑެތި މީހުން ހާސްކަން ފިލުވާލުމަށް ވަގުތު ހޭދަކޮށްލުމަށް އެކަށޭނަ ތަނެއް މިހާރުދަނީ ތަރައްޤީ ކުރެވެމުންނެވެ.

2018 އޭޕްރިލް 10 ވަނަ ދުވަހު ބޭއްވި މިކައުންސިލްގެ ތިންވަނަ ދަޢުރުގެ 2018 ވަނަ އަހަރުގެ 04 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައިވަނީ މިރަށު އިރު އުތުރު ސަރަޙައްދުގައިވާ، (މީގެ ކުރިން ދޯނި އެހެލި) ސަރަޙައްދަކީ ހަމައެކަނި މޫދަށް އެރޭ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމަށެވެ. އަދި މިދެންނެވި ސަރަޙައްދަށް ދޯނި އެހެލުމާއި އެސަރަޙައްދު ހަޑިވެދާނެ އެއްވެސްކަމެއް ކުރުމަކީ މަނާކަމެއްގެ ގޮތުގައި ކައުންސިލުންވަނީ ކަނޑައަޅާފައެވެ.

އޮޑިދޯނިފަހަރު އެހެލުމާއި މަރާމާތު ކުރުންފަދަ މަސައްކަތްތައް ކުރުމަށް ރަށުގެ ހުޅަނގު ދެކުނުފަރާތުގައި ޚާއްޞަ ކުރެވިފައިވާ ސަރަޙައްދާއި ރަށުގެ ހުޅަނގު އުތުރުގައި ޚާއްޞަކުރެވިފައިވާ ސަރަޙައްދުތައް ބޭނުންކުރުމަށް އެންމެހާ އޮޑިވެރިންނާއި މަސްވެރިންނަށް އިލްތިމާސްކުރަމެވެ.

ވީމާ، މޫދަށް އެރުމަށް ޚާއްޞަކޮށް ކަނޑައެޅި ސަރަޙައްދަށް އެއްވެސް ބާވަތެއްގެ ކަނޑު އުޅަނދެއް އެހެލުމަކީ މަނާކަމެއްކަމުގައި ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. އަދި މިކަމުގައި ރައްޔިތުން ދެއްވަމުންގެންދަވާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަ ކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

26 ނޮވެންބަރު 2018