މަސައްކަތް
ނަންބަރު: (IUL)GS45/2018/027
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 10 ޑިސެންބަރު 2018 10:15
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ

01 ޖެނުއަރީ 2019 އިން ފެށިގެން 31 ޑިސެމްބަރ 2019 ގެ ނިޔަލަށް، މިސްކޫލުގެ ސެކިއުރެޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2018 ވަނަ ދުވަހު 10:15 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެމްބަރ 2018 ވަނަ ދުވަހުގެ 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

ނޯޓު: މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

18 ރަބިއުލްއައްވަލް 1440

26 ނޮވެމްބަރ 2018

26 ނޮވެންބަރު 2018