މަސައްކަތް
ނަންބަރު: (IUL)395-02/395/2018/46
ޕަބްލިޝްކުރި ތާރީޚް: 25 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 04 ނޮވެންބަރު 2018 11:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ނުނިމިހުރި މަސައްކަތް ކުރާނެފަރާތެއް ހޯދަން ބޭނުންވެއްޖެ

        ލެކްރެޑް ޕްރޮޖެކްޓްގެ އެހީލިބިގެން ލ.އިސްދޫ ގައި ޤާއިމް ކޮށްފައިވާ، ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ދެވަނަ ފިޔަވަހީގައި ހިމެނޭ މަސައްކަތް ތަކުގެ ތެރެއިން ،މިހާތަނަށް ނުނިމިހުރި މަސައްކަތްތަށް އަމިއްލަ  ތަކެތީގައި ލޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

        މިސައްކަތްތަށް އަމިއްލަ  ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އެސްޓިމޭޓް ހުށައެޅުންވުންއެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި،  އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވަން ވާނީ ތިރީގައި މިދަންނަވާ ތާރީޚްތަކުގައެވެ.

   މަޢުލޫމާތު ސާފުކުރުން: 28 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 11:00 ގައި

  • އެސްޓިމޭޓް ހުށަހެޅުން: 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ  11:00 ގައި

           މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ، ޖަމާޢަތްތަކުންނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު، އެ ފަރާތް ހަމަޖެއްސިކަމުގެ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްތަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2018