ދިވެހިރާއްޖެ
ފެކަލްޓީ އޮފް ހެލްތު ސައިންސަސް
ހަނދުވަރީހިގުން، މާފަންނު
މާލެ، (20318)، ދިވެހިރާއްޖެ
ފޯނު (960) 3346500 :
ފެކްސް: (960) 3316498
www.mnu.edu.mv
ނަންބަރު: 15 /2018/MED/153-FHS
އިޢުލާން
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ފެންވަރު ބެލުމުގެގޮތުން ދެވޭ އިމްތިހާން 2019
ރާއްޖޭގައި މަސައްކަތްކުރައްވާ ފާމަސިސްޓުންނަށާއި، މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނަށާއި، ކޮމިއުނިޓީ ހެލްތު/ ޕްރައިމަރީ ހެލްތު ކެއަރގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަކޮށްގެން ފެންވަރު ބެލުމުގެގޮތުން ދެވޭ ކޮމްޕީޓަންސީ އިމްތިޙާން ފެކަލްޓީގައި ބޭއްވޭނީ ތިރީގައި މިދަންނަވާ ތާވަލުގައިވާ ދުވަސްތަކުގައި ހެނދުނު 10:00 ގައި ކަމުގައި ދަންނަވަމެވެ.
# |
މަސް |
ދުވަސްތައް |
1 |
ޖެނުއަރީ |
14 އަދި 28 |
2 |
ފެބްރުއަރީ |
11 އަދި 25 |
3 |
މާރޗް |
11 އަދި 25 |
4 |
އެޕްރީލް |
08 އަދި 22 |
5 |
މެއި |
07 އަދި 20 |
6 |
ޖޫން |
03 އަދި 17 |
7 |
ޖުލައި |
01، 15 އަދި 29 |
8 |
އޮގަސްޓް |
12 އަދި 26 |
9 |
ސެޕްޓެމްބަރ |
09 އަދި 23 |
10 |
އޮކްޓޯބަރ |
07 އަދި 21 |
11 |
ނޮވެމްބަރ |
04 އަދި 18 |
12 |
ޑިސެމްބަރ |
02 |
އިމްތިޙާންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ކަންތައްތަކަށް ޚާއްޞަ ސަމާލުކަން ދެއްވަންޖެހޭނެއެވެ.
- އިމްތިޙާން އޮންނަ ދުވަހުގެ 2 ދުވަސް ކުރިން (ބަންދު ދުވަސް ނުހިމަނާ) ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ރަޖިސްޓަރީ ކުރުން.
- އިމްތިޙާން އޮންނަ ދުވަހު އިމްތިޙާން ފެށުމުގެ 30 މިނިޓް ކުރިން އިމްތިޙާނަށް ޙާޟިރުވުން.
- އިމްތިޙާނަށް ޙާޟިރުވާއިރު ބިދޭސީއެއްނަމަ ޕާސްޕޯޓް އަދި ދިވެއްސެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް، އިމްތިޙާނަށް ފީ ދެއްކިކަމުގެ ރަސީދު އަދި މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ދެއްވާފައިވާ ޕްރީ ރަޖިސްޓްރޭޝަން އެޕްރޫވަލް ސްލިޕް އާއި އެބޯޑުން ދެއްވާ އިންޓަވިއުއިން ފާސްވިކަމުގެ ލިޔުން ގެނައުން.
އިތުރު މަޢުލޫމާތު މިފެކަލްޓީގެ ފޯނު ނަންބަރު 3346500 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
18 ރަބީޢުލްއައްވަލް 1440
26 ނޮވެމްބަރ 2018