ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2018/94
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 08:48
ސުންގަޑި: 02 ޑިސެންބަރު 2018 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރެޖިސްޓަރޑް ނަރސް

މަޤާމް :ރެޖިސްޓަރޑް ނަރސް
ބޭނުންވާ އަދަދު :20

ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާނެ ރެޖިސްޓަރޑް ނަރުހުން ބޭނުންވެއްޖެ              

 މި ހޮސްޕިޓަލްގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތް ކުރުމަށްޓަކައި ރެޖިސްޓަރޑް ނަރުހުން ބޭނުންވެއްޖެއެވެ. މި ގޮތުން ވޭޖްއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރައްވާ ފަރާތްތަކުން ދުވާލަކު 8 ގަޑިިއިރު ހަފްތާއަކު 5 ދުވަހު މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު މުސާރަކަނޑައެޅޭނީ މަސައްކަތްކުރައްވާ ގަޑިއަށް ބެލުމަށްފަހު ގަޑިއަކަށް ޖެހޭވަރު ބަލައިގެންނެވެ.

ބޭނުންވާ އަދަދު:   20 (ވިހި)

ޝަރުތު:      މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މުސާރަ:       ގަޑިއަކަށް ޖެހޭވަރު -/38 ރުފިޔާ

އެލަވަންސް:    -/188 ރުފިޔާ (މަސައްކަތަށް ނުކުންނަ ދުވަހަކަށް)

މުއްދަތު:    3 މަސް ދުވަސް (3 މަސް ދުވަސް ހަމަވުމުން މި ހޮސްޕިޓަލުން ކޮންޓްރެކްޓް އިތުރުކުރަން ބޭނުންވެއްޖެނަމަ މުއްދަތު އިތުރުކުރެވޭނެއެވެ.)

 ވީމާ، މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތަކާއިއެކު ސިޓީއަކުން 2 ޑިސެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހަޅުއްވަމުން ގެންދެވުމަށް ދެންނެވީމެވެ.

  1. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން/ ލައިސަންސްގެ ކޮޕީ.
  2.  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  3.  މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
  4. ވަނަވަރު  (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ (ވައިޓް ބެކްރައުންޑް)

           އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3335343 ނުވަތަ 3335234 ނަންބަރު ފޯނަށެވެ.

              18 ރަބީއުލްއައްވަލް 1440

              26 ނޮވެމްބަރ 2018

26 ނޮވެންބަރު 2018